twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސްޕެއިނަށް ކާމިޔާބު ފެށުމެއް، ކޮސްޓަ ރީކާ ކޮޅަށް 7 ލަނޑު ޖަހައިފި

މުޙައްމަދު އަހުމަދު
Nov 23, 2022

ޔޫރަޕުގެ ގަދަބާރު ސްޕެއިނުން މިރޭ ވޯލްޑް ކަޕުގައި ކޮސްޓަ ރީކާ ކޮޅަށް 7 ލަނޑު ޖަހާ ވޯލްޑް ކަޕުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މިރޭ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅެވުނު މެޗު ސްޕެއިނުން ކާމިޔާބުކުރީ 7 - 0 ންނެވެ. މިމެޗަކީ އެންމެ ތަފާތު ބޮޑުކޮށް ސްޕެއިން މޮޅުވި މެޗަށްވާއިރު ވޯލްޑްކަޕުގައި 7 ގޯލުގެ ތަފާތުން މީގެކުރިން މޮޅުވެފައިވަނީ އުތުރު ކޮރެއާ އަތުން ޕޯޗުގަލް އެކަންޏެވެ.

މިރޭގެ މެޗުގައި 11 ވަނަ މިނެޓުގައި އޮލްމޯގެ ލަނޑުން ސްޕެއިން ވަނީ މެޗުގެ ކުރީކޮޅު ލީޑު ނަގާފަ އެވެ. 21 ވަނަ މިނެޓުގައި ޖޯޑީ އަލްބާގެ ހުރަހަކުން މާކޯ އެސެންސިއޯ ސްޕެއިނުގެ ދެވަނަ ލަނޑު ޖަހައިދިނެވެ. މެޗު ޑޮމިނޭޓްކޮށް ކުޅުނު ސްޕެއިނުގެ 3 ވަނަ ލަނޑު ޖެހީ 31 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ފެރާން ޓޮރޭސް އެވެ.

ހަތަރު ވަނަ ލަނޑު ވެސް ފެރާން ޓޮރޭސް ޖެހިއިރު 74 ވަނަ މިނެޓުގައި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގަވީ އެވެ. ޒުވާން ގަވީ މިލަނޑާއެކު ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގައި ސްޕެއިނަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ގަވީގެ އުމުރުން އަދި 18 އަހަރުކަން ފާހަގަކޮށްލެވެ އެވެ.

ކާލޮސް ސޮލެއާ 90 ވަނަ މިނެޓުގައި ހަވަނަ ގޯލު ޖެހިއިރު ފަހު ލަނޑު އިތުރުވަގުތުގެ ތެރޭގައި ޖަހައިދިނީ އަލްވާރޯ މޮރާޓާ އެވެ. މީގެކުރިން ދުވަހަކުވެސް ސްޕެއިނުން ކޮސްޓަ ރީކާ އަތުން ބަލިވެފައެއް ނުވެ އެވެ. އަދި މިއީ މިދެޓީމު ވޯލްޑް ކަޕުގައި ވެސް ބައްދަލުކުރި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ.

މިރޭގެ ފަހު މެޗުގައި 12 ޖަހާއިރު ބެލްޖިއަމުން ކެނެޑާއާ ދެކޮޅަށް ނުކުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355