twitterviber whatsapp telegramfacebookyoutube instagram
30th May 2023

ޒިގްޒެގް އަތުން ބަލިވެ ސްކައި އުދަނގޫ ހާލަތަކަށް

މުޙައްމަދު އަހުމަދު
Dec 14, 2022
1

އެމްޓީސީސީ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އަތުން ބަލިވެ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) އުދަނގޫ ހާލަތަކަށް ވެއްޓިއްޖެ އެވެ.

މިއަދު ހަވީރު ކުޅެވުނު މެޗުގައި ޒިގްޒެގާއި ސްކައި ބައްދަލުކުރި މެޗު 2 - 1 ން ކާމިޔާބުކުރީ ޒިގްޒެގުންނެވެ. ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ސްކައިއަށް މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތް ވަނީ ނުވެފަ އެވެ.

މިއާއެކު ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް ޒިގްޒެގް ތާވަލުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި 9 ޕޮއިންޓާއެކު އޮތީ ކުލަބް ކޮރަލްސް އެވެ. ޒިގްޒެގަށް އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ. މިއަދު ޒިގްޒެގް އަތުން ބަލިވި ސްކައި އޮތީ 3 ވަނައިގައި 6 ޕޮއިންޓާއެކު އެވެ. 4 ވަނައިގައި 3 ޕޮއިންޓާއެކު ކެޑް އޮތްއިރު އެއްވެސް ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ މާއްޓޭ ސްޕޯޓްސް އެވެ.

މާދަމާ ކޮރަލްސްއާއި ކެޑް ބައްދަލުކުރާ މެޗު ބޮޑު ތަފާތަކުން ކެޑުން ކާމިޔާބުކޮށްފިނަމަ އެޓީމު ސެމީއަށް ދަތުރުކޮށް ސްކައި ކަޓާނެ އެވެ. ނަމަވެސް މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާފައި ކެޑް އަތުން ކޮރަލްސް ބޮޑު ތަފާތަކުން ބަލިވުމަކީ ނާދިރު ކަމެކެވެ. ކޮރަލްސްއަކީ މިހާތަނަށް މުބާރާތުގައި ފެނުނު އެންމެ ވަރުގަދަ އެއް ޓީމެވެ. ނަމަވެސް މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ވެސް ނުކުތުން އެކަށީގެންވެ އެވެ. ސްކައިއަށް ފައިދާ 24 ގޯލު އޮތްއިރު ކެޑަށް އޮތީ ނެގެޓިވް 19 ގޯލެވެ. އަދި ކޮރަލްސްއަށް ފައިދާ 11 ގޯލެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ސްކައިއިން ލީޑު ނެގި އެވެ. 14 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ މާއްދު އަދުނާނެވެ. 43 ވަނަ މިނެޓުގައި ޒިގްޒެގަށް ނަތީޖާ ހަމަކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 14 ހަސަން މުހައްމަދެވެ. ދެވަނަ ހާފު ފެށިގެން ވެސް ދެޓީމުން ވަރުގަދަ ކުޅުމެއް ދެއްކިއިރު މެޗުގެ އެންމެ ފަހު މިނެޓުގައި ޒިގްޒެގުގެ އަބްދުﷲ ޔާމީން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ. އަބްދުﷲ ޔާމީންގެ ލަނޑާއެކު ކޮރަލްސްއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ.

ފޯރިގަދަ އަދި ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްކައިގެ ޖޯޒީ ނަމްބަރު 7 އިބްރާހިމް ސިރާޖް އެވެ. މެޗުން ބަލިވި ނަމަވެސް ސްކައިގެ ސިރާޖް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މާދަމާ ކުޅެވޭ ލީގު ބުރުގެ ފަހު މެޗުގައި ނުކުންނާނީ ކުލަބް ކޮރަލްސްއާއި ކެޑް އެވެ. މިމެޗު ފަށާނީ ހަވީރު 15:50 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަކަށް ފައިނަލް ޔަގީންވާއިރު ސެމީގައި ކުޅޭނީ 2 ވަނަ އަދި 3 ވަނަ ޓީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355