twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބީއެމްއެލް: އޯޓީޕީ ހޯދަން މެއިލްގެ ބަދަލުގައި އޮތެކްޓިކާ އެޕް ބޭނުން ކުރަން ފަށައިފި

Dec 18, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ޚިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ, ވަން ޓައިމް ޕާސްވޯޑް ( އޯޓީޕީ) އޮތެންޓިކޭޓާ އެޕެއް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އޮތެންޓިކޭޓާ އެޕަކީ ވަކި ވަގުތެއްގެ ތެރޭގައި، ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވޭ އެޕްލިކޭޝަނެކެވެ. އޮތެންޓިކޭޓާ އެޕް މިހާރު އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ގެނެވުނު ބަދަލާއެކު ކަސްޓަމަރުން ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓްކުރުމަށް ގޫގުލް އޮތެންޓިކޭޓަ ނުވަތަ މައިކްރޯސޮފްޓް އޮތެންޓިކޭޓަރ ފަދަ އެޕް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެއެވެ. މިގޮތަށް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހެދުމަށް އޯޓީޕީ ލިބޭ ގޮތްތަކުގެ ތެރޭގައި އޮތެންޓިކޭޓާ ވެސް ހިމެނޭނެއެވެ.

ތައާރަފްކުރެވުނު މި އާ ފީޗާއާމެދު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވާ ކަމަށެވެ. އޭގެ ސަބަބުން އީމެއިލްއަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބޭކަމަށް ވެސް އޭނާ ވިދާޅުވިިއެވެ.

"އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައިވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ." ކާލް ވިދާޅުވިއެވެ.

"މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ބޭންކުން ވެސް މިދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރަމުން. އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެއްވެސް ޒާތީ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރެއްވުން." އޭނާ ވިދާޅުވިއެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން ޑިފޯލްޓްކޮށް އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެއެވެ. އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި އީމެއިލް ހިމެނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތަށް ހަމަޖެއްސޭނެއެވެ.

މި ބަދަލުގެ ސަބަބުން ރާއްޖޭން ބޭރުގައި ތިބޭ ކަސްޓަމަރުންނަށް އީމެއިލްގެ ބަދަލުގައި އޮތެންޓިކޭޓާ މެދުވެރިކޮށް އޯޓީޕީ ހޯދޭނެއެވެ. އަދި މިކަމުގެ ސަބަބުން އީމެއިލް އައިޑީ ބޭނުންކޮށްގެން ކުރާ ސްކޭމްތަކަށް ހުއްޓުމެއް އަންނާނެ ކަމަށް ބޭންކުން ގަބޫލުކުރެއެވެ.

އޮތެންޓިކޭޓަރ އެޕް އެކްޓިވޭޓް ކުރައްވާނެ ގޮތް:

  • އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕަށް ލޮގިންކުރައްވާ
  • މޮބައިލް އެޕް މެދުވެރިކޮށް އޮތެންޓިކޭޓާ އެކްޓިވޭޓް ކުރެއްވުމަށް 'މޯ" އަށް ފިތާލާ
  • އެއަށް ފަހު "އެޕްލިކޭޝަންސް" އަށް ފިތާލުމަށްފަހު އެކްޓިވޭޓްކުރައްވާ
  • އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކްޓިވޭޓްކުރައްވާނަމަ "ސެޓިންގްސް" އަށް ފިތާލައްވާ
  • އެއަށްފަހު އެކްޓިވޭޓްކުރައްވާ
  • ބޭނުންވާ އޮތެންޓިކޭޓަރ އެޕް ޑައުންލޯޑް ކުރެއްވުމަށްފަހު ޔުނީކް ކިއުއާރު ކޯޑް ސްކޭންކޮށްލައްވާ
  • ވެރިފިކޭޝަން އަށާއި އެކްޓިވޭޓް ކުރެއްވުމަށް އޮތެންޓިކޭޓާ ކޯޑު ޖައްސަވާ
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355