ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަދި ބްރެޒިލްގެ ލެޖެންޑް ޕެލޭ މަރުވެއްޖެކަން އޭނާގެ ދަރިފުޅު ކެލީ ނަސިމެންޓޯ ޔަގީންކޮށްދީފި އެވެ.
އޭނާ އެހެން ބުނެފައިވަނީ އިންސްޓަގްރާމް ކުރި ޕޯސްޓެއްގަ އެވެ. އަދި ކެލީ ބުނެފައިވަނީ އޭނާގެ ހުރިހާ އެއްޗަކީ ވެސް ބައްޕަ ކަމަށާއި އަދި އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ޕެލޭ މަރުވީ ކޯލޯން ކެންސަރާ ހަނގުރާމަކުރުމަށްފަހު އުމުރުން 82 އަހަރުގަ އެވެ. ޑިސެމްބަރު 29 ވީ ބްރާސްފަތި (އިއްޔެ) ޕެލޭ މަރުވިއިރު އޭނާ އަކީ ފުޓްބޯޅަ ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.
I have so many memories of Pele, without doubt the best footballer I ever played against (with Bobby Moore being the best footballer I ever played alongside). For me Pele remains the greatest of all time and I was proud to be on the the pitch with him. RIP Pele and thank you. pic.twitter.com/oCpQlw7EIK
— Sir Geoff Hurst (@TheGeoffHurst) December 29, 2022
ތިން ފަހަރު ޝަރަފުވެރި ވޯލްޑްކަޕް ހިއްލާލި ޕެލޭގެ މަރާއެކު މުޅި ފުޓްބޯޅަ އާއިލާ ވެސް ވަނީ ފުން ހިތާމައެއްގަ އެވެ. ކާމިޔާބު ކެރިއަރަކާއެކު އެތައް ރެކޯޑްތަކެއް ހެދި ކުޅުންތެރިޔާއަށް ގިނަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
"އަހަރެމެންނަށް އަހަރެމެންނަށް ވެފައި މިތިބީ ބައްޕަގެ ސަބަބުން. އަހަރެމެން ބައްޕަ ދެކެ ވަރަށް ލޯބިވޭ. އަމާން މަރަކަށް އެދެން." ކެލީ އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި ބުނެފައިވެ އެވެ.
ބްރެޒިލްގެ ޖާދުވި ފޯވާޑް ވަނީ އެގައުމަށް ކުޅެދިން 92 މެޗުން 77 ގޯލު ޖަހާފަ އެވެ. ގިނަ ބަޔަކު ޕެލޭއަށް ޓްރިބިއުޓް ދެމުން އަންނަ ދަނޑިވަޅުގައި 1996 ގެ ވޯލްޑްކަޕް ފައިނަލް ހެޓްރިކް ހީރޯ ޖިއޯފް ހާސްޓް ބުނެފައިވަނީ ޕެލޭގެ ގިނަ ހަނދާންތަކެއް އޭނާގެ އަތުގައި އެބަހުރި ކަމަށާއި ޕެލޭއަކީ ބޮބީ މޫރޭއަށްފަހު އެއްވެސް ޝައްކެއް ނެތި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށެވެ.
ޕެލޭއަށް މެސެޖްތައް ދޫކޮށްލި ތަރިންގެ ތެރޭގައި ކުރީގެ އިންގްލެންޑް ސްޓްރައިކަރު ގެރީ ލިނެކާއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި މާކަސް ރަޝްފޯޑު އަދި ޔުސެއިން ބޮލްޓާއި ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ކީލިއަން އެމްބާޕޭ ފަދަ ކުޅުންތެރިންނާއި ބޮޑެތި ކުލަބްތައް ހިމެނެ އެވެ.