twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގައި އެއާޕޯޓެއް އޮވެ، ސީރިއަސް ބަލި ކުއްޖާ ހަނިމާދޫއިން ދަތުރުކުރަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: ޑރ އައިމިނަތު

އަބްދުލް ވާހިދު ޙަސަން
Jan 9, 2023
11

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮންނަ ހާލު ދެރަ ބަލި ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ޖެހޭ ކޮންމެ ފަހަރަކު ހަނިމާދޫން މަގުން މާލެ ފޮނުވާލަން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ކޭއާރުއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އައިމިނަތު އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

ޑރ އައިމިނަތު ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީގައި އެއާޕޯޓެއް އޮވެ، ސީރިއަސް ބަލި ކުއްޖާ ހަނިމާދޫއިން ދަތުރުކުރަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ކުޅުދުއްފުށީގައި އެއާޕޯރޓެއް އޮވެ، ސީރިއަސް ބަލި ކުއްޖާ ހަނިމާދޫއިން ދަތުރުކުރަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އެއާޕޯރޓް އޮންނަތާ މިހާދުވަސްވެ އަދިވެސް ރޭގަނޑު ފްލައިޓް ޖެއްސޭނެ ފަދަ ނެތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން." ކުޑަކުދިން ހާއްސަ ޑޮކްޓަރު އައިމިނަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުޅުދުއްފުށީގައި އެއާޕޯޓެއް އޮންނަތާ ދުވަސްތަކެއްވެފައިވާއިރު ރޭގަނޑު ފްލައިޓް ޖެއްސޭނެ ފަދަ ނެތުމަކީވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވޯޓް ހޯދަން ކުޅުދުއްފުއްޓަށް އަންނަ ސިޔާސީ މީހުން ރަށަށް އަރަން ލަދުގަންނަން ޖެހޭނެކަމެއްކަމަށް ޑރ އައިމިނަތު ފާހަގަކުރެއްވި އެވެ.

ކޭއާރުއެޗުގައި ތިބޭ ހާލު ދެރަ ބަލި މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވަން ޖެހޭ ކޮންމެ ފަހަރަކު ކުޅުދުއްފުށީގައި އޮންނަ އެއާޕޯޓުން ޖާގަ ނުލިބުމުގެ މައްސަލައަކީ ބޮޑު މައްސަލަ އެކެވެ. އެހެންވުމުން ބަލި މީހުންގެ ހާލު އިތުރަށް ދެރަވެ، އާއިލާތަކަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެފައިވެ އެވެ. ކަނޑުގަދަ ދުވަސްވަރެއް ނަމަ ކަނޑުމަގުން ހަނިމާދޫއަށް ބަލި މީހާ ނުގެންދެވި ފުރާނައަށް ނުރައްކާވި އެތަކެއް ހާދިސާތަކެއް ކުރިމަތިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355