twitterviber whatsapp telegramfacebookyoutube instagram
20th May 2026

ފެލިކްސް ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ބަދަލުވުމާ ގާތަށް

މުޙައްމަދު އަހުމަދު
Jan 10, 2023

އެތްލެޓިކޯ މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ޒުވާން ފޯވާޑް ޖޯއޯ ފެލިކްސް ލޯން އެއްބަސްވުމެއްގެ ދަށުން މިސީޒަނަށް ގެންދިއުމާ ޗެލްސީން ގާތަށް ޖެހިލައިފި އެވެ.

23 އަހަރުގެ ފެލިކްސް ވަނީ އެންމެފަހުން ބޭއްވި ވޯލްޑްކަޕުގައި ޕޯޗުގަލްގެ ގައުމީ ޓީމުން ވެސް ފެނިގެންގޮސްފަ އެވެ. އޭނާ ވަނީ 5 މެޗުން 1 ގޯލު ކާމިޔާބުކޮށްފަ އެވެ. ފެލިކްސް ހޯދުމަށް އާސެނަލާއި މެންޗެސްޓަރ ޔުނައިޓެޑުން ވެސް ޝައުގުވެރިކަން ފާޅުކުރިނަމަވެސް އޭނާ ބަދަލުވުން އެންމެގާތީ ޗެލްސީއަށް ކަމަށް ރިޕޯޓުތަކުން ބުނެ ެވެ،

2019 ގައި 19 އަހަރުގެ ފެލިކްސް ބެންފިކާއިން އެތްލެޓިކޯއަށް ބަދަލުވީ 113 މިލިއަން ޕައުންޑުގެ ފީއަކަށެވެ. މިއީ އެތްލެޓިކޯގެ ތާރީހުގައި 5 ވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ. ޗެލްސީގެ އޯނަރު ޓޮޑްގެ އަމާޒު ހުރީ މެނޭޖަރު ގްރަހަމް ޕޮޓާގެ ދަށުން ކުޅޭ ޓީމު އިތުރަށް ވަރުގަދަކުރުމަަށެވެ. އިންޖަރީގެ ގިނަ މައްސަލަތަކެއް ޗެލްސީގައި އޮތްއިރު އެޓީމު ވަނީ ޕްރިމިއާ ލީގުގެ 10 ވަނައަށް ވެއްޓިފަ އެވެ.

އަދި މިދިޔަ އާދިއްތަދުވަހު އެފްއޭކަޕުގައި މެންޗެސްޓަރ ސިޓީ އަތުން 4 - 0 ގެ ލަދުވެތި ނަތީޖާއަކުން ބަލިވެ އެޓީމު ވަނީ އެފްއޭ ކަޕުން ވެސް ކަޓާފަ އެވެ. އެތްލެޓިކޯއަށް މިސީޒަނުގައި 20 މެޗުން 5 ލަނޑު ޖަހައިދީ 3 އެސިސްޓް ފެލިކްސް ކޮށްދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355