twitterviber whatsapp telegramfacebookyoutube instagram
3rd June 2025

ވެލެންސިއާ ބަލިކޮށް ރެއާލް ސުޕަ ކަޕުގެ ފައިނަލަށް

މުޙައްމަދު އަހުމަދު
Jan 12, 2023

ޕެނަލްޓީ ޖަހައިގެން ވެލެންސިއާ ބަލިކޮށް ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕެއިން އަދި ޔޫރަޕުގެ ގަދަބާރު ރެއާލް މެޑްރިޑުން ހޯދައިފި އެވެ.

ރޭ ސައުދީ އަރަބިޔާގެ ރިޔާދުގައި ހުންނަ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ ސެމީ ފައިނަލުގެ ފުރަތަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ފުރިހަމަ ވަގުތު ހަމަވީއިރު 1 - 1 ން ރެއާލާއި ވެލެންސިއާ އޮތީ އެއްވަރުވެފަ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ރެއާލުންނެވެ. 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް ލީޑު ނަގައިދިނީ ފޯވާޑް ކަރިމް ބެންޒިމާ އެވެ. އެހެންނަމަވެސް ދެވަނަ ހާފު ފުރަތަމަ 30 ސިކުންތުތެރޭ ސަމުއެލް ލީނޯގެ ލަނޑުން ވެލެންސިއާއިން ނަތީޖާ ހަމަހަމަކުރި އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ރެއާލުން ހުރިހާ ޕެނަލްޓީއެއް ވެސް ކާމިޔާބުކުރިއިރު ރެއާލް މޮޅުވީ ހޯސޭ ގަޔާގެ ޕެނަލްޓީ މިސްވެގެންނެވެ. އެޓީމުގެ އެރޭ ކޮމާޓް ޖެހި ޕެނަލްޓީވެސް މިސްވި ނަމަވެސް ނަތީޖާ ނެރެން މުހިންމު ޕެނަލްޓީއެއް ގަޔާ އަތުން މިސްވީ އެވެ. މިމެޗު ރެއާލުން ކާމިޔާބުކުރީ 4 - 3 ންނެވެ.

ފައިނަލުގައި ރެއާލުން ނުކުންނަން ޖެހޭނީ މިރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިމެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ. ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355