twitterviber whatsapp telegramfacebookyoutube instagram
29th March 2024

މެޕްސް ކޮލެޖްގެ ޖަނަވަރީ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Jan 14, 2023

މެޕްސް ކޮލެޖްއިން ހިންގާ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލާސް ޑިގްރީގެ ކޯސްތަކުގެ ޖަނަވަރީ 2023 އިންޓޭކްއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 22ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.

ޖަނަވަރީ އިންޓޭކްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ކޯސްތަކުގެތެރޭގައި، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

މީގެއިތުރުން، މެޕްސްކޮލެޖްއިން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގެތެރެއިން އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އަދި ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރސް ކޯސްތަކުގެ ކިޔެވުން ޖަނަވަރީ މަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު މީގެތެރެއިން ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓާސް ކޯސްތަކަށް ދެން އެންމެ އަވަހަށް ކުރިމަތިލެވޭނީ މިއަހަރުގެ މާރިޗް މަހުގައެވެ. 3 ދާއިރާއަކަށް ޚާއްޞަކޮށްގެން ހިންގާ ޔުނިވަސިޓީ އޮފް ބެޑްފޮރޑް ޝަޔަރގެ މާސްޓާސް ކޯހަކީ، 12 މަސް ދުވަހުން ފުރިހަމަކުރެވޭ ކޯހެކެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންސްގެ އިތުރުން ފައިނޭންސް އަދި ހޮސްޕިޓަލް އެންޑް ހެލްތް ސާވިސަސް މެނޭޖްމަންޓްއަށް ހާއްސަ 3 ދާއިރާއަކުން މާސްޓަސްއަށް ކިޔެވުމުގެ ފުރުސަތު މެޕްސް ކޮލެޖުން ދަރިވަރުންނަށް ލިބިގެންދާނެއެވެ. މެޕްސް ކޮލެޖުން ހިންގާ ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓާސް ކޯސްތަކަކީ މަތީ ތައުލީމު އުނގެނުމަށް ޝައުގުވެރިވާ ދަރިވަރުންގެތެރޭ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ކޯސްތަކެކެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން ޖަނަވަރީ-23 އިންޓޭކްއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖަނަވަރީ މަހުގެ 15ވަނަ ދުވަހެވެ.

ޖަނަވަރީ 23 އިންޓޭކްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ވީހާވެސް ގިނަ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށްކަމަށް އެކޮލެޖުން ބުނެއެވެ.

މިއަހަރުގެ އޭލެވެލް ނިންމާ ދަރިވަރުންގެތެރެއިން މަތީ ތައުލީމު ކިޔެވުމަށް ޝައުގުވެރިވާ ކުދިންނަށް މިއީ ވަރަށް ރަގަޅު ފުރުސަތަކަށް ވެގެންދާއިރު، މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ކޯސްތަކަކީ މިދަރިވަރުންނަށް އެންމެ އެކަށީގެންވާ ކޯސްތަކެވެ. އެގޮތުން އޭލެވެލްގެ 2 ފާސް ނުވަތަ އޭލެވެލްގެ ދިވެހި އަދި އިސްލާމް މާއްދާއިން "ސީ" ފާހަށްވުރެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ބެޗެލަރސް ޑިގްރީގެ ކޮންމެ ކޯހެއްގައިވެސް ބައިވެރިވެވޭނެއެވެ. މީގެއިތުރުން އޭލެވްލް ފާސް ނެތްފަރާތްތަކަށް ލިބިފައިވާ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއެކު އޯލްޓަނޭޓިވް އެންޓްރީއެއްގެ ދަށުން ބެޗެލަރސް ޑިގްރީގައި ކިޔެވުމުގެ ފުރުސަތުވެސް މެޕްސްކޮލެޖުން ލިބިގެންދާނެއެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލާސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް"ގެ ދަށުން ކިޔެވޭނެ ކޯސްތަކެވެ. ހަމައެއާއެކު މިކޯސްތައް ބައްޓަން ކުރެވިފައިވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ.

2019 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތައުލީމު އުނގަންނައިދިނުމުގެ ހިދުމަތް ދެމުން އަންނަ މެޕްސްކޮލެޖްގެ އޮންލައިން ކޯސްތަކަކީ، އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް މަތީ ތައުލީމު ފުރިހަމަކުރުމަށް ލިބިގެންދާނެ ވަރަށް ރަގަޅު ފުރުސަތެކެވެ.

މީގެއިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ފަރާތަކަށްވެސް ބެޗެލާސް ޑިގްރީގެ ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު މިހާރު މެޕްސްކޮލެޖުން ލިބިގެންދާނެއެވެ.

މިކޯސްތަކާއިބެހޭ އިތުރު މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ލިބިގެންދާނެއެވެ. އަދި ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު އެކޮލެޖްގެ ނަމްބަރު 3314621 އަށް ގުޅާލުމުންވެސް ލިބިގެންދާނެއެވެ.

މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެއްކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355