twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނޭޕާލްގެ މަތިންދާބޯޓެއް ވެއްޓި ބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Jan 15, 2023

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން ފުރައިގެން ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއް ވެއްޓި އެ ބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެ އެވެ. ޓުގައި ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ފަސިންޖަރުންނާއި ކްރޫއިން ހިމެނޭހެން 72 މީހުންނެވެ.

ނޭޕާލްގެ ޔެޓީ އެއާލައިންސުން އޮޕަރޭޓްކުރާ ޓްވިން އިންޖީން އޭޓީއާރު-72 މަތިންދާބޯޓުގައި 72 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ތުއްތު ދެ ކުދިންނާއި ހަތަރު ކްރޫއިންނާ 10 ބިދޭސީން ހިމެނޭކަމަށް އެއާލައިންގެ ތަރުޖަމާނު ސުދަރްޝަން ބާޓައުލާ ވަނީ ކަށަވަރުކޮށްދީފައެވެ. ބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

ނޭޕާލްގެ ނޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ބުނީ ޕޮކަރާ އަށް ވެއްޓުނު މަތިންދާ ބޯޓުން ދަތުރު ކުރި 40 މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށެވެ.

"އަހަރުމެން އުންމީދު ކުރަނީ އިތުރު ހަށިގަނޑުތައް ފެންނާނެ ކަމަށް، މި ހާދިސާގައި މަތިންދާ ބޯޓު ވަނީ އެއްކޮށް ހެން ހަލާކުވެ ކުދި ކުދިވެފައި،" ނޭޕާލް އަސްކަރިއްޔާގެ ތަރުޖަމާނު ކްރިޝްނާ ބަހަންދާރީ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ނޭޕާލް ސަރުކާރުގެ ކުއްލި ކެބިނެޓް ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމަލް ދަހަލް ވަނީ އެދިވަޑައިގެންފައެވެ.

މިއީ 140 އަހަރު ތެރޭގައި ނޭޕާލްގައި ހިނގި ވައިގެ އެންމެ ނުރައްކާތެރި ހާދިސާއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި މަތިންދާ ބޯޓަށް މިހާރު ވަނީ 15 އަހަރުވެފައެވެ.

މިދިޔަ އަހަރު 22 މީހުންނާ އެކު ދަތުރު މަތިންދާ ބޯޓެއް ވެސް ފަރުބަދަތައް ހުންނަ ސަރަހައްދަކަށް ވެއްޓިފައިވެއެވެ.

މީގެ ހަތަރު އަހަރު ކުރިން، 2018 ގައި ޔޫއެސް-ބަންގްލާ މަތިންދާ ބޯޓެއް 71 މީހުންނާ އެކު ދަތުރު ކުރަނިކޮށް ވެއްޓި އެ ބޯޓުގައި ތިބި 49 މީހަކު ވަނީ މަރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355