twitterviber whatsapp telegramfacebookyoutube instagram
8th December 2025

ނޭޝަންސް ލީގު: ސެމީގައި އިޓަލީން ސްޕެއިނާ ދެކޮޅަށް!

Jan 26, 2023

ޔޫއެފާ ނޭޝަންސް ލީގުގެ ސެމީގައި ޔޫރަޕުގެ ގަދަ ދެބާރު ކަމަށްވާ ސްޕެއިނާއި އެންމެފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިއަހަރުގެ ޖޫން މަހު ނޭޝަންސް ލީގު ކުޅުމަށް ހަމަޖެހިފައިވާއިރު މިފަހަރުގެ ފައިނަލްސް ކުޅެވޭނީ ނެދަލޭންޑްސްގަ އެވެ. ސެމީގެ މެޗުތައް ޖޫން 14 އަދި 15 ގައި ކުޅެވޭއިރު ފައިނަލް މެޗު ކުޅެވޭނީ ޖޫން 18 ގަ އެވެ.

ފުރަތަމަ ސެމީގައި އިޓަލީން ސްޕެއިނާއި ބައްދަލުކުރާއިރު ދެވަނަ ސެމީގައި ނެދަލޭންޑްސްއިން ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ނެދަލޭންޑްސް ވަނީ ކުއާޓަ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. ނަމަވެސް ކުއާޓާގައި އާޖެންޓީނާ އަތުން ބަލިވީ އެވެ.

އިޓަލީ ކޮލިފައި ނުވިއިރު ސްޕެއިން ވަނީ ދެވަނަ ބުރުގައި މޮރޮކޯ އަތުން ބަލިވެ ކަޓާފަ އެވެ. އަދި ކްރޮއޭޝިއާ ސެމީގައި އާޖެންޓީނާ އަތުން ބަލިވި އެވެ. 2019 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގައި ނެދަލޭންޑްސް ވަނީ ޕޯޗުގަލް އަތުން ބަލިވެފަ އެވެ. ނަމަވެސް މިފަހަރުގެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އަދި އެޓީމަށް އެބައޮތެވެ.

ސްޕެއިން ވަނީ އެންމެފަހުން އޮތް ނޭޝަންސް ލީގުގެ ފައިނަލުން ފްރާންސް އަތުން ބަލިވެފަ އެވެ. އެފަހަރު ސްޕެއިން ފައިނަލަށް ދަތުރުކުރީ ސެމީގައި އިޓަލީ ބަލިކޮށްގެންކަން ފާހަގަކޮށްލެވެ އެވެ. މިހާތަނަށް ސްޕެއިނާއި އިޓަލީ 35 ފަހަރު ބައްދަލުކޮށްފައިވާއިރު 13 މެޗު ސްޕެއިނުން ކާމިޔާބުކުރި އެވެ. 10 މެޗުން އިޓަލީ މޮޅުވިއިރު 12 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355