twitterviber whatsapp telegramfacebookyoutube instagram
28th March 2024

އެސްއެސްނެޓުގެ ހިދުމަތް ފެބްރުއަރީ މަހު ހިލޭ

މުޙައްމަދު އަހުމަދު
Jan 26, 2023

އެސްއެސްނެޓުން ކޭބަލް ޓީވީގެ ހިދުމަތް ފެބްރުއަރީ މަހު ހުރިހާ ކަސްޓަމަރުންނަށް ހިލޭ ދިނުމަށް ނިންމައިފި އެވެ.

ރާއްޖޭގައި އަލަށް ކޭބަލް ޓީވީގެ ހިދުމަތް ފަށާ އެސްއެސްނެޓަށް ބަދަލުވާން ދިރާގު ޓީވީގެ ކަސްޓަމަރުން އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ. އަދި މިހާރު ބޭނުންކުރާ ޖޯއިބޮކްސް ވެސް ބަދަލުކުރާކަށް ނުޖެހޭނެ އެވެ.

ފޯމު ފުރައިގެން އަދި އެސްއެސްނެޓުގެ ކޯލް ސެންޓަރު ނަމްބަރު 1633 އަށް ގުޅާލުމުން ވެސް ފޯމު ފުރައިދޭނެ އެވެ، އަދި ފޯމު ފުރަން ޖެހޭނީ ދިރާގު ޓީވީ ރަޖިސްޓަރކޮށްފައިވާ މީހެއްގެ ނަމުގަ އެވެ.

އެސްއެސްނެޓުގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ދިރާގު ޓީވީން ލިބޭ ހުރިހާ ހިދުމަތެއް އެސްއެސްނެޓުން ވެސް ލިބޭނެ ކަމަށާއި ފެބްރުއަރީ މަހު ހިދުމަތް މުޅިން ހިލޭ ދިނުމަށް ނިންމީ އަލަށް ހިދުމަތް ފަށާއިރު ކަސްޓަމަރުންނަށް ވީހާވެސް ބޮޑަކަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ.

އަދި ދިރާގު ޓީވީގެ ކަސްޓަމަރުންނަށް މިހާރުވެސް ހިދުމަތް ލިބެމުން އަންނަ ކޮލެޓީގައި ފުރިހަމަކަމާއެކު އެސްއެސްނެޓުގެ ހިދުމަތް ލިބޭނެކަމަށާއި ދިރާގު ޓީވީގައި ހުރި ޗެނަލްތަކަށްވުރެ އިތުރު ޗެނަލްތައް ވެސް އެސްއެސްނެޓުން ލިބޭނެ ކަމަށް މޮންދު ވިދާޅުވި އެވެ.

ރަށްރަށުގެ އިޖުތިމާއީ ތަރައްގީގައި ބައިވެރިވާނެ ކަމަށް ވިދާޅުވަމުން މޮންދު ބުނީ އެކަށީގެންވާ މިންވަރަށް އެސްއެސްނެޓުގެ ހިދުމަތް ގާއިމްކޮށްފައިވާ ރަށްތަކުގެ އިޖުތިމާއީ ތަރައްގީގައި ބައިވެރިވާން އެސްއެސްނެޓުން މިހާރު ވެސް ނިންމާފައިވާކަމަށެވެ.

އެސްއެސްނެޓަށް މުޅި ރާއްޖޭއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާއިރު އެސްއެސްނެޓުގެ ހިދުމަތް މިމަހުގެ 30 ގައި ފެށުމަށް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355