twitterviber whatsapp telegramfacebookyoutube instagram
19th February 2026

ރަސްދޫގައި ބީއެމްއެލްގެ އާ އިމާރާތް ހުޅުވައި، އޭޓީއެމްގެ ހިދުމަތް ފަށައިފި

ނަބީލާ އިސްމާޢީލް
Jan 30, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އއ. ރަސްދޫގައި ހުންނަ އެ ބޭންކުގެ ބްރާންޗުގެ އާ އިމާރާތް ހުޅުވައި، ސެލްފް ސާވިސް ބޭންކިން އޭޓިއެމްގެ ހިދުމަތް ފަށައިފިއެވެ.

މިއީ ބީއެމްއެލްގެ ބޭންކިންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށި ހިދުމަތެއް ކަމަށް އެ ބޭންކުން ބުނެއެވެ.

ރަސްދޫގައި ފެށުނު ހިދުމަތާއެކު އެ އަތޮޅުގެ މަތިވެރި ތޮއްޑޫ އަދި އުކުޅަހުގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްގެ ސެންޓަރުތައް ބޭންކުން ވަނީ ގާއިމްކޮށްފައެވެ.

އެގޮތުން މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެއެވެ.

މިއަދު ޙިދުމަތް ދޭން ފެށުނު ރަސްދޫ ބްރާންޗާއެކު މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 84 ސެލްފްސާވިސް ބޭންކިން ސެންޓަަރު އަދި 142 އޭޓީއެމް ހިމެނެއެވެ.

މީގެ އިތުރުން 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355