twitterviber whatsapp telegramfacebookyoutube instagram
21st April 2026

މާލީ އަޑިގަނޑުން ބާސާއަށް އަރައިގަނެވިއްޖެކަމަށް ލަޕޯޓާ ބުނެފި

މުޙައްމަދު އަހުމަދު
Feb 10, 2023

ސްޕެއިންގެ ގަދަބާރު ބާސެލޯނާ މާލީ އަޑިގަނޑެއްގެ ތެރޭގައި އޮތް ނަމަވެސް މިހާރު އެކުލަބަށް އެހާލަތު ބަދަލުކޮށް ރަނގަޅު ފައްތަރަކަށް އެރިއްޖެ ކަމަށް އެކުލަބުގެ ރައީސް ޔޮއާން ލަޕޯޓާ ބުނެފި އެވެ.

މީގެ ދެއަހަރު ކުރިން ބާސާގެ ރައީސްކަމަށް ލަޕޯޓާ އައިއިރު އެކުލަބް އޮތީ މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާލާފަ އެވެ. އެހެންކަމަށް އަލަށް އިންތިހާބުވެ މިހާ ބޮޑު ކަމަކާ ކުރިމަތިވުމަކީ ބޮޑު ގޮންޖެހުމަކަށްވި އެވެ.

ހާއްސަކޮށް އެޓީމުގެ ތަރި ލިއޮނަލް މެސީގެ ކޮންޓްރެކްޓް އާނުކުރެވިގެން އޭނާ ޕީއެސްޖީއަށް ދޫކޮށްލަން ޖެހުމަކީ ބާސާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ސީނިއާ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އަންގަން ޖެހުނުއިރު ކުލަބުގެ ގިނަ ހިއްސާތަކެއް ވިއްކާލަން ޖެހުނެވެ. އަދި ހަމަ މުހިންމު ސްޕޮންސަރޝިޕް ޑީލްތަކެއް ވެސް އެކުލަބު އަތުން ދޫވެގެންދިޔަ އެވެ.

އެހެންނަމަވެސް ލަޕޯޓާ ބުނީ މިހާރު ވަރަށް ރަނގަޅަށް ކުރެވުނު މަސައްކަތުން ހާލަތު ބަދަލުކުރެވިއްޖެ ކަމަށާއި އާ ކުޅުންތެރިން ގަންނަން ޓީމުގައި ތިބި ކުޅުންތެރިން ވިއްކާލަން މިހާރު ނުޖެހޭނެ ކަމަށާއި އެހާލަތުން އަރަގަނެވިއްޖެ ކަމަށެވެ. އަދި މިހާރު ކޮންމެ ކުޅުންތެރިޔަކު ގަންނަން ވެސް މާކެޓަށް ނުކުމެވޭނެ ފެންވަރު އެކުލަބުގައި އެބަހުރި ކަމަށް އޭނާ ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355