twitterviber whatsapp telegramfacebookyoutube instagram
25th April 2024

އޮންލައިންކޮށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޚާއްސަ އިންޓޭކެއް މެޕްސް ކޮލެޖުން ހުޅުވާލައިފި

Feb 21, 2023

އޮންލައިންކޮށް ކިޔަވަން ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް އަމާޒުކޮށްގެން "އޮންލައިން އިންޓޭކް"ގެ ނަމުގައި ހާއްސަ އިންޓޭކެއް މެޕްސް ކޮލެޖުން ތައާރަފްކޮށްފި އެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ 30ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިކޯހަކީ ހަމައެކަނި އޮންލައިންކޮށް ހިންގާ ކޯހެކެވެ. އެހެން އިންޓޭކްތަކާއި ހިލާފަށް މިފަހަރު ހުޅުވާލެވިފައިވަނީ މެޕްސް ކޮލެޖުން ހިންގާ އެންމެ ކާމިޔާބު އެއް ކޯސް، ބެޗެލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުގައި ބައިވެރިވުމަށެވެ.

ބެޗެލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލެވިފައިވާ ކޯހެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)އިން ގަބޫލުކުރާ އެމްއެންކިއުއެފް ލެވެލް 7 ގެ މިކޯހަކީ، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ 'ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް' ގެ ދަށުން ހިލޭ ކިޔެވޭނެ ކޯހެއްކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެ އެވެ.

މެޕްސް ކޮލެޖުން މިފަދަ ކޯހެއް ތައާރަފްކުރުމުގެ އެންމެބޮޑު އެއް ބޭނުމަކީ، މިއަހަރުގެ ޖެނުއަރީމަހުގެ އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުންކަމަށް އެ ކޮލެޖުން ބުނެ އެވެ.

މިކޯހުގެ ކޯސް ފީ ބަހާލެވިފައިވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ. އޭލެވެލްގެ ދެ ފާހާއެކު މިކޯހުގައި ބައިވެރިވެވޭއިރު މިއީ އޮންލައިންކޮށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާނެ އެއް ކޯހެވެ. މިކޯސްތަކާ ބެހޭ އިތުރު މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv މެދުވެރިކޮށް ލިބިގެންދާއިރު، މަތީ ތައުލީމު ހާސިލުކުރުމުގައި ކުރިއަދާންވީ ދާއިރާއެއް ހިޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަންވެސް މެޕްސް ކޮލެޖުން ފޯރުކޮށްދޭނެއެވެ.

މެޕްސް ކޮލެޖުގެ ނަމްބަރު 3314621 ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މިކަމުގައި މެޕްސް ކޮލެޖުގެ އެހީތެރިކަން ހޯދިދާނެއެވެ. މި ކޯހަށް ޝައުގު ހުންނަ ފަރާތްތަކުން އެޕްރީލް 16 ގެ ކުރިން މެޕްސް ކޮލެޖަށް ލިޔުންތައް ހުށަހަޅަން ވާނެ އެވެ.

2019 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތައުލީމު އުނގަންނައިދިނުގެ ހިދުމަތް މެޕްސް ކޮލެޖުން ދެމުން އަންނަ އިރު މެޕްސް ކޮލެޖުގެ އޮންލައިން ކޯސްތަކަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކޯސްތަކެކެވެ. މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ތަޖުރިބާހުރި އެއް ކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355