twitterviber whatsapp telegramfacebookyoutube instagram
18th April 2024

ސީޓީއައި އިން މުވައްޒަފުން ބިނާކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ތައާރަފުކުރަނީ

ސީޓީއައި މޯލްޑިވްސް އިން މުވައްޒަފުން ބިނާކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ތައާރަފުކުރަނީ ތައިލެންޑްގެ ހެޕިލީ އޭއި ކިޔާ ކުންފުންޏަކާ ގުޅިގެން.

އަބްދުލް ވާހިދު ޙަސަން
Feb 21, 2023

ރާއްޖޭގެ ކުންފުނިތަކުގެ މަސައްކަތުގެ މާހައުލަކީ ގުޅުންބަދަހި އަދި އުފާވެރި މާހައުލަކަށް ހެދުމަށް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހައްލެއް ތައާރަފްކުރުމަށް ސީޓީއައި މޯލްޑިވްސް އިން ތައިލެންޑްގެ ހެޕިލީ އޭއި ކިޔާ ކުންފުންޏަކާއެކު ޕާޓްނަރޝިޕެއްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުންފުނިތަކަށް ޓްރެއިނިންގ އާއި ޓީމް ބިލްޑިންގެ ހިދުމަތްދޭ ސީޓީއައި މޯލްޑިވްސް އިން ސްޓްރެޖިކް ޕާރޓްނަރޝިޕް ހަދާފައިވާ ތައިލެންޑުގެ ހެޕިލީ އޭއައި އަކީ ފޯނުގެ އެޕެއް މެދުވެރިކޮށް މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ތަޖުރިބާތައް ދިރާސާ ކުރާ އެޕެއްގެ އިތުރުން ޕީޕަލް ސައިންސާއި ގެމިފިކޭޝަން އެކުލެވޭ އެމްޕްލޯއީ އެންގޭޖްމަންޓް ޕްލެޓްފޯމެކެވެ.

އެގޮތުން ބިހޭވިއާރަލް ސައިންސާއި ޕީޕަލް އެނަލިޓިކްސް ރިސާޗްގެ މައްޗަށް ބިނާކޮށް، މުވައްޒަފުންގެ މެދުގައި އެއްމުވައްޒަފެއް އަނެއް މުވައްޒަފަކަށް ގުޅުންބަދަހި ކުރުމަށާއި ރަނގަޅު އަދި އުފެއްދުންތެރި ސަގާފަތެއް ބިނާކުރުމަށް ދެމެހެއްޓެނިވި ހައްލެއް މި ޕާޓްނަރޝިޕްގެ ދަށުން ތައާރަފްކުރާ ސޮލިއުޝަންއިން ކުންފުނިތަކަށް ގެނެސްދެވޭނެ އެވެ.

"ސީޓީއައި މޯލްޑިވްސްއާއެކު މިޕާޓްނަރޝިޕް އިއުލާން ކުރުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް" ހެޕިލީ އޭއައިގެ ސީއީއޯ އަދި ފައުންޑަރ ތަރީފް ޖަފޭރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންސާނީ ތަރައްގީގެ ދާއިރާގައި ސީޓީއައި މޯލްޑިވްސްގެ ތަޖުރިބާގެ ސަބަބުން ހެޕިލީ އޭއައިގެ ސައިންސާއި އެނަލިޓިކްސް ރާއްޖޭގައި ބޭނުން ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށާ، މިއީ އޯގަނައިޒޭޝަންތަކަށް މަތީ ފެންވަރުގެ ޓީމުތައް ބިނާކުރުމަށާއި ވިޔަފާރިތައް މުސްތަގުބަލަށް ތައްޔާރުވުމަށް ލިބިގެންދާނެ އެހީއެއްކަމަށެވެ.

"
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ހެޕިލީ އޭއިގެ ޓެކްނޮލޮޖީއާއި ޓްރެނިންގ ދާއިރާގައި އަޅުގަނޑުމެން ކުރާ މަސައްކަތް ގުޅުވާލުމުން، ރާއްޖޭގައި މަސައްކަތުގެ މާހައުލަށް އެންމެ އެކަށޭނެ މުވައްޒަފުން ބިނާކުރުމަށް އިންގިލާބީ މަސައްކަތްތަކެއް ފެށިގެންދާނެ."
ބަދުރު

ސީޓީއައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވި، ސީޓީއައި މޯލްޑިވްސްގެ އަބަދުވެސް އަމާޒަކީ ރާއްޖޭގެ ކުންފުނިތަކުގެ އިންސާނީ ރައުސުލްމާލު ތަރައްގީކުރުންކަމަށާއި އަދި ހެޕީލީ.އޭއައި އާއެކު މި ގާއިމު ކުރެވުނު ޕާޓްނާޝިޕް އަމާޒާ ދިމާވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ހެޕިލީ އޭއިގެ ޓެކްނޮލޮޖީއާއި ޓްރެނިންގ ދާއިރާގައި އަޅުގަނޑުމެން ކުރާ މަސައްކަތް ގުޅުވާލުމުން، ރާއްޖޭގައި މަސައްކަތުގެ މާހައުލަށް އެންމެ އެކަށޭނެ މުވައްޒަފުން ބިނާކުރުމަށް އިންގިލާބީ މަސައްކަތްތަކެއް ފެށިގެންދާނެ." ބަދުރު ވިދާޅުވި އެވެ.

ހެޕީލީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ލީޑަރުންނާއި މެނޭޖަރުންނާއި މުވައްޒަފުން ދޭދޭ މުވައްޒަފުންނާމެދު އަމަލުކުރަންވީ ގޮތުގެ އިންސައިޓްސް ފޯރުކޮށްދޭ އެއްޗެކެވެ. ރަނގަޅު ވަސީލަތްތަކާއި ފްރޭމްވޯކްތަކާއި ހިދުމަތްތަކާއެކު ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ނަފްސާނީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ހަރުދަނާ މެނޭޖަރުން އުފެއްދުން އަދި މައިގަނޑު އަސާސްތައް އޮޕަރޭޓްކޮށް، އިންސާނީ ހުނަރުތައް ތަރައްގީ ކުރެވޭނެ ގޮތްތައް މިއެޕް މެދުވެރިކޮށް ކުންފުނިތަކަށް ތައާރަފް ކުރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355