twitterviber whatsapp telegramfacebookyoutube instagram
6th May 2024

ހދ އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ދިވެހި ނަރުހުން ހޯދަނީ

އަބްދުލް ވާހިދު ޙަސަން
Feb 23, 2023

ހދ އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް 18 ދިވެހި ނަރުހުން ހޯދުމަށް އިއުލާނުކޮށްފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ، ހދ އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ހޯދަނީ ރެޖިސްޓަރޑް ނަރސް އަދި ސީނިއަރ ރެޖިސްޓަރޑް ނަރުހުން ކަމަށެވެ. މިއީ ބިދޭސީ ނަރުހުންގެ ބަދަލުގައި ހޯދާ ނަރުހުންނެވެ.

ރެޖިސްޓަރޑް ނަރުހެއްގެ އަސާސީ މުސާރައިގެ ގޮތުން 9060 - 9360 ރުފިޔާއާ ދެމެދުގެ މުސާރައެއް ކަނޑައެޅިފައިވާއިރު ސީނިއާ ރެޖިސްޓަރޑް ނަރުހެއްގެ އަސާސީ މުސާރައިގެ ގޮތުގައި 9670 - 10160 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅިފައިވެ އެވެ.

އަދި މީގެ އިތުރުން މަސައްކަތް ކުރާ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 188 ރުފިޔާ އަދި އެހެނިހެން ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުސޫލުން ސަވީސް އެލެވެންސް ލިބޭނެ އެވެ. ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އާއި ސިވިލް ސަވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް ލިބިގެންދާނެކަމަށެވެ.

ނަރުހުން ހޯދުމަށް ކުރި އިއުލާން

ނަރުހުން ހޯދާ މަރުކަޒުތައް

  • ހަނިމާދޫ ސިއްހީ މަރުކަޒު - 3
  • ކުމުންދޫ ސިއްހީ މަރުކަޒު - 1
  • ކުރިނބީ ސިއްހީ މަރުކަޒު - 1
  • މަކުނުދޫ ސިއްހީ މަރުކަޒު - 2
  • ނައިވާދޫ ސިއްހީ މަރުކަޒު - 2
  • ނޭކުރެންދޫ ސިއްހީ މަރުކަޒު - 4
  • ނޮޅިވަރަމް ސިއްހީ މަރުކަޒު - 2
  • ވައިކަރަދޫ ސިއްހީ މަރުކަޒު - 2
  • ނޮޅިވަރަންފަރު ސިއްހީ މަރުކަޒު -1

ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް، މަކުނުދޫ، ވައިކަރަދޫ އަދި ނޭކުރެންދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް މި ފެބުރިއަރީމަހުގެ 28 ވަނަ 1400 ގެ ކުރިން އިއުލާން ކުރެވިފައިވާ ހޮސްޕިޓަލަށާއި ހެލްތު ސެންޓަރުތަކަށް ހުށަހެޅުމަށް އެދޭކަމަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355