ކުޅުދުއްފުށީގައި މާދަމާ ފަށާ މިމުބާރާތުގައި 22 ސްކޫލަކުން 430 އަށްވުރެގިނަ ދަރިވަރުން ބައިވެރިވެފައިވޭ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ތިލަދުންމަތީގެ ސްކޫލް ކުދިންގެ ފުރަތަމަ ފެތުމުގެ މުބާރާތުގައި 22 ސްކޫލަކުން ބައިވެރިވެއްޖެ އެވެ. މި މުބާރާތް ކުރިއަށްދާނީ މާރޗު 1-4 އަކަށް ކުޅުދުއްފުށީ ބޮޑުމުހައްމަދު ކަލޭފާނު ބަނދަރުގަ އެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން، ސްކޫލް މަދްރަސާތަކުގެ ދަރިވަރުންގެ ފެތުމުގެ ހުނަރުވެރިކަމާއި ގާބިލުކަން އިތުރުކޮށް ފެތުމުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން ބިނާކުރުމުގެ މަގުސަދުގައި ފެށި މިމުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު މުބާރާތުގައި އުތުރުގެ ތިން އަތޮޅުގެ އިތުރުން ގދ އަތޮޅުން އަދި މާލޭގެ ސްކޫލުތަކުންވެސް ބައިވެރިވި އެވެ.
ސްވިމިންގ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް، ވިދާޅުވީ ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށީގައި މާދަމާ ފަށާ މި މުބާރާތުގައި 22 ސްކޫލަކުން 430 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
ޖޫނިއާ އޭ: 12 އަހަރުން ދަށް - 2011 އަދި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިން
ޖޫނިއާ ބީ: 14 އަހަރުން ދަށް - 2009 އަދި 2010 ގައި އުފަންވެފައިވާ ކުދިން
ސީނިއާ އޭ: 16 އަހަރުން ދަށް - 2007 އަދި 2008 ވަނަ އަހަރު އުފަންވެފައިވާ ކުދިން
ސީނިއާ ބީ: 18 އަހަރުން ދަށް - 2005 އަދި 2006 ވަނަ އަހަރު އުފަންވެފައިވާ ކުދިން
ސީނިއާ ސީ: 20 އަހަރުން ދަށް - 2003 އަދި 2004 ވަނަ އަހަރު އުފަންވެފައިވާ ކުދިން.
ޖޫނިއާ އޭގައި ހިމެނޭ އިވެންޓްތަކަކީ 25 މީޓަރު ފްރީ ސްޓައިލް، 25 މީޓަރު ބެކްސްޓްރޯކް، 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ފްލައި، 50 މީޓަރު ފްރީސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 4 ގުނަ 25 މީޓަރު ފްރީސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭ އެވެ. ޖުމްލަ 9 އިވެންޓެވެ.
ޖޫނިއާ ބީގައި ހިމެނޭ އިވެންޓްތަކަކީ 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ފްލައި، 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 4 ގުނަ 25 މީޓަރު ފްރީސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭ އެވެ. ޖުމްލަ 10 އިވެންޓެވެ.
ސީނިއާ އޭ: 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ބެކް ސްޓްރޯކް، 100 މީޓަރު ބްރެސްޓް ސްޓްރޯކް، 100 މީޓަރު ބަޓަރފްލައި ސްޓްރޯކް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 4 ގުނަ 50 މީޓަރު ފްރީ ސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭ އެވެ. ޖުމްލަ 12 އިވެންޓެވެ.
ސީނިއާ ބީ: 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ބެކް ސްޓްރޯކް، 100 މީޓަރު ބްރެސްޓް ސްޓްރޯކް، 100 މީޓަރު ބަޓަރފްލައި ސްޓްރޯކް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 4 ގުނަ 50 މީޓަރު ފްރީ ސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭގެ އިތުރުން 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް ރިލޭ އެވެ. ޖުމްލަ 13 އިވެންޓެވެ.
ސީނިއާ ސީ: 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ބެކް ސްޓްރޯކް، 100 މީޓަރު ބްރެސްޓް ސްޓްރޯކް، 100 މީޓަރު ބަޓަރފްލައި ސްޓްރޯކް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 4 ގުނަ 50 މީޓަރު ފްރީ ސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭގެ އިތުރުން 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް ރިލޭ އެވެ. ޖުމްލަ 13 އިވެންޓެވެ.
އަންހެން ފެތުންތެރިން: އަތްކަނޑާ ގައި ފެންނަގޮތަށް ހުންނަ ސްވިމިން ސޫޓްލުމާއި ފައިވަލާއި ހަމައިން ކަނޑާލާފައި ހުންނަ ސްވިމިން ސޫޓްލުމާއި މާބޮޑަށް ތުނި ފޮތިން ފަހާ މޫދަށް އެރި ތެމުމުން ގައި އެނގޭކަހަލަ އަލި ކުލަކުލައިގެ ތުނި ފޮތިން ފަހާފައިވާ ސްވިމިން ސޫޓް ލުމަކީ މަނާކަމެކެވެ.
ފިރިހެން ފެތުންތެރިން: ޖަނގިޔާގެ ސިފަ އަދި ޖަނގިޔަލުގެ ސައިޒަށް ހުންނަ ޓްރަންކްލުމާއި މޫދަށް އެރި ގައި ތެމުމުން ހަށިގަނޑުގެ ވަނާތައް ހާމަވާފަދަ ތުނި ފޮތިން ފަހާފައި ހުރި ނުވަތަ އެފަދަ އަލި ކުލަކުލައިގެ ފޮތީގެ ޓައިޓްލައިގެން އެތެރެއިން ޖަނގިޔާ ނުލައި ހުރެ ފެތުމަކީ ވެސް މަނާކަމެކެވެ.