twitterviber whatsapp telegramfacebookyoutube instagram
26th April 2024

މޯލްޑިވިއަން އިން ޓިކެޓްގެ އަގުބޮޑުކޮށްފި، އުތުރަށް 76 ރުފިޔާގެ ބޮޑުވުމެއް

ޓިކެޓް އަގުބޮޑުވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިންގ ފީތައްބޮޑުކުރުމުން.

އަބްދުލް ވާހިދު ޙަސަން
Mar 1, 2023

ގައުމީ އެއާލައިން، މޯލްޑިވިއަނުން ވިއްކާ ޓިކެޓްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ. ޓިކެޓް އަގުބޮޑުވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިންގ ފީތައްބޮޑުކުރުމުންކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

ޓިކެޓަށް އައި ބަދަލަށް ބަލާއިރު މީގެ ކުރިން 1388 ރުފިޔާއަށް ކުޅުދުއްފުށިން މާލެއަށް ކުރެވޭ ދަތުރުގެ އަގު ވަނީ 1464 ރުފިޔާއަށް ބޮޑުވެފަ އެވެ. ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ، ހޯރަފުށި، ފުނަދޫއަށްވެސް ޓިކެޓް ވިއްކަމުންދަނީ މިއަގުގައި އެވެ.

މިއާ ބަދަލާއެެކު ބޮޑުތިލަދުންމަތީގެ ހަތަރު އެއާޕޯޓުން މާލެއަށް ކުރާ ދަތުރުގެ އަގު ޓިކެޓަކުން 76 ރުފިޔާ މިވަނީ ބޮޑުވެފަ އެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ މީޑިއާ އޮފިސަރު ކޭއޯއަށް ވިދާޅުވީ، ޓިކެޓްގެ އަގު ބޮޑުވީ އެއާޕޯޓްތަކުން ނަގާ ފީތައް ކުއްލިއަކަށް ވަރަށް ބޮޑުތަނުން ބޮޑުވުމުން، އެހެން ގޮތެއް ނެތިގެން ކަމަށެވެ. އޭނާ ވިދާޅުވީ، ފީ ކުޑަކުރަން މަޝްވަރާކުރަމުންދާ ކަމަށާއި ފީ ކުޑަވެއްޖެނަމަ ޓިކެޓްގެ އަގުހެޔޮ ކުރާނެ ކަމަށެވެ.

ފީތައް ބޮޑުކުރަން ނިންމުމާ ގުޅިގެން ރީޖަނަލް އެއާޕޯޓްސްއިން މީގެ ކުރިން ބުނެފައިވަނީ ގްރައުންޑް ހޭންޑްލިން ފީތަކަށް ބަދަލުގެންނައިރުގެނެސްފައިވާއިރު ބޮޑުކޮށްފައިވަނި އެންމެ 10 އިންސައްތަ ބޮޑުކުރުމެއް ކަމުގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355