ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ތިލަދުންމަތީ ސްކޫލް ކުދިންގެ ފުރަތަމަ ފެތުމުގެ މުބާރާތުގައި 432 ދަރިވަރުންނާއެކު މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ.
ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ކުރިއަށްދާ މިމުބާރާތް މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
ފެތުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެސޯސިއޭޝަންގެ ރައީސް އާއި ކުޅުދުއްފުށީ މޭޔަރު ބައިވެރިވެޑައިގެންނެވި އެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން، ސްކޫލް މަދްރަސާތަކުގެ ދަރިވަރުންގެ ފެތުމުގެ ހުނަރުވެރިކަމާއި ގާބިލުކަން އިތުރުކޮށް ފެތުމުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން ބިނާކުރުމުގެ މަގުސަދުގައި ފެށި މިމުބާރާތުގައި އުތުރުގެ ތިން އަތޮޅުގެ އިތުރުން ގދ އަތޮޅުން އަދި މާލޭގެ ސްކޫލުތަކުންވެސް ބައިވެރިވި އެވެ.
އެގޮތުން ޖުމްލަ 22 ސްކޫލަކުން 432 ދަރިވަރުން މުބާރާތުގައި ވާދަކުރާނެ އެވެ. މިމުބާރާތު ކުރިއަށްދާނީ ހެނދުނު 7:00 - 10:00 އަށް އަދި ހަވީރު 4:00 - 6:00 އަށެވެ. ހޮނިހިރުދުވަހު މުބާރާތް އޮންނާނީ ހެނދުނު 7:00 - 10:00 އަށެވެ. މި މުބާރާތް އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
މުބާރާތުގައި ވާދަކުރާ ސްކޫލުތައް (ހއ)
ހއ އަތޮޅު މަދަރުސާ - ހއ ހޯރަފުށި
ވަށަފަރު ސްކޫލް - ހއ ވަށަފަރު
ޝެއިހް އިބުރާހިމް ސްކޫލް - ހއ ކެލާ
އިހަވަންދޫ ސްކޫލް - ހއ އިހަވަންދޫ
ހއ އަތޮޅު ތައުލީމީ މަރުކަޒު - ހއ ދިއްދޫ
ޖަލާލުއްދީން ސްކޫލް - ހދ ކުޅުދުއްފުށި
އަފީފުއްދީން ސްކޫލް - ހދ ކުޅުދުއްފުށި
ހދ އަތޮޅު ތައުލީމީ މަރުކަޒު - ހދ ކުޅުދުއްފުށި
ނާވައިދޫ ސްކޫލް - ހދ ނައިވާދޫ
ހދ އަތޮޅު ސްކޫލް - ހދ ވައިކަރަދޫ
މަކުނުދޫ ސްކޫލް - ހދ މަކުނުދޫ
މިލަންދޫ ސްކޫލް - ށ މިލަންދޫ
ފުނަދޫ ސްކޫލު - ށ ފުނަދޫ
ޅައިމަގު ސްކޫލު - ށ ޅައިމަގު
ށ އަތޮޅު ތައުލީމީ މަރުކަޒު - ށ ކޮމަންޑޫ
ސީއެޗްއެސްސީ - ކ މާލެ
އަހުމަދިއްޔާ އިންޓަނޭޝަނަލް - ކ މާލެ
ގިޔާސުއްދީން އިންޓަނޭޝަނަލް - ކ މާލެ
ހުރަވީ ސްކޫލް - ކ މާލެ
އަބޫބަކުރު ސްކޫލު - ގދ ތިނަދޫ
ގދ އަތޮޅު ތައުލީމީ މަރުކަޒު - ގދ ތިނަދޫ
ތިނަދޫ ސްކޫލް - ގދ ތިނަދޫ
- ހއ އަތޮޅު މަދަރުސާ - ހއ ހޯރަފުށި
- ވަށަފަރު ސްކޫލް - ހއ ވަށަފަރު
- ޝެއިހް އިބުރާހިމް ސްކޫލް - ހއ ކެލާ
- އިހަވަންދޫ ސްކޫލް - ހއ އިހަވަންދޫ
- ހއ އަތޮޅު ތައުލީމީ މަރުކަޒު - ހއ ދިއްދޫ
- ޖަލާލުއްދީން ސްކޫލް - ހދ ކުޅުދުއްފުށި
- އަފީފުއްދީން ސްކޫލް - ހދ ކުޅުދުއްފުށި
- ހދ އަތޮޅު ތައުލީމީ މަރުކަޒު - ހދ ކުޅުދުއްފުށި
- ނާވައިދޫ ސްކޫލް - ހދ ނާވައިދޫ
- ހދ އަތޮޅު ސްކޫލް - ހދ ވައިކަރަދޫ
- މަކުނުދޫ ސްކޫލް - ހދ މަކުނުދޫ
- މިލަންދޫ ސްކޫލް - ށ މިލަންދޫ
- ފުނަދޫ ސްކޫލު - ށ ފުނަދޫ
- ޅައިމަގު ސްކޫލު - ށ ޅައިމަގު
- ށ އަތޮޅު ތައުލީމީ މަރުކަޒު - ށ ކޮމަންޑޫ
- ސީއެޗްއެސްސީ - ކ މާލެ
- އަހުމަދިއްޔާ އިންޓަނޭޝަނަލް - ކ މާލެ
- ގިޔާސުއްދީން އިންޓަނޭޝަނަލް - ކ މާލެ
- ހުރަވީ ސްކޫލް - ކ މާލެ
- އަބޫބަކުރު ސްކޫލު - ގދ ތިނަދޫ
- ގދ އަތޮޅު ތައުލީމީ މަރުކަޒު - ގދ ތިނަދޫ
- ތިނަދޫ ސްކޫލް - ގދ ތިނަދޫ
ޖޫނިއާ އޭ: 12 އަހަރުން ދަށް - 2011 އަދި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިން
ޖޫނިއާ ބީ: 14 އަހަރުން ދަށް - 2009 އަދި 2010 ގައި އުފަންވެފައިވާ ކުދިން
ސީނިއާ އޭ: 16 އަހަރުން ދަށް - 2007 އަދި 2008 ވަނަ އަހަރު އުފަންވެފައިވާ ކުދިން
ސީނިއާ ބީ: 18 އަހަރުން ދަށް - 2005 އަދި 2006 ވަނަ އަހަރު އުފަންވެފައިވާ ކުދިން
ސީނިއާ ސީ: 20 އަހަރުން ދަށް - 2003 އަދި 2004 ވަނަ އަހަރު އުފަންވެފައިވާ ކުދިން.
ޖޫނިއާ އޭގައި ހިމެނޭ އިވެންޓްތަކަކީ 25 މީޓަރު ފްރީ ސްޓައިލް، 25 މީޓަރު ބެކްސްޓްރޯކް، 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ފްލައި، 50 މީޓަރު ފްރީސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 4 ގުނަ 25 މީޓަރު ފްރީސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭ އެވެ. ޖުމްލަ 9 އިވެންޓެވެ.
ޖޫނިއާ ބީގައި ހިމެނޭ އިވެންޓްތަކަކީ 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ފްލައި، 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 4 ގުނަ 25 މީޓަރު ފްރީސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭ އެވެ. ޖުމްލަ 10 އިވެންޓެވެ.
ސީނިއާ އޭ: 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ބެކް ސްޓްރޯކް، 100 މީޓަރު ބްރެސްޓް ސްޓްރޯކް، 100 މީޓަރު ބަޓަރފްލައި ސްޓްރޯކް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 4 ގުނަ 50 މީޓަރު ފްރީ ސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭ އެވެ. ޖުމްލަ 12 އިވެންޓެވެ.
ސީނިއާ ބީ: 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ބެކް ސްޓްރޯކް، 100 މީޓަރު ބްރެސްޓް ސްޓްރޯކް، 100 މީޓަރު ބަޓަރފްލައި ސްޓްރޯކް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 4 ގުނަ 50 މީޓަރު ފްރީ ސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭގެ އިތުރުން 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް ރިލޭ އެވެ. ޖުމްލަ 13 އިވެންޓެވެ.
ސީނިއާ ސީ: 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ބެކް ސްޓްރޯކް، 100 މީޓަރު ބްރެސްޓް ސްޓްރޯކް، 100 މީޓަރު ބަޓަރފްލައި ސްޓްރޯކް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 4 ގުނަ 50 މީޓަރު ފްރީ ސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭގެ އިތުރުން 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް ރިލޭ އެވެ. ޖުމްލަ 13 އިވެންޓެވެ.