އަންހެނުން ބިނާކުރުމަށް އިތުރު ކޯސްތަކާއި ޕްރޮގުރާމުތައް ރާވާ ހިންގަން ޖެހޭ ކަމަށާ، އެގޮތުން ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްކުރާނީ އަންހެނުންނަށް އިތުރު ފަހި ފުރުސަތުތައް ހޯދައިދިނުމަށްކަމަށް އެ ކޮމެޓީގެ ރައީސާ ހަދީޖާ މުސާ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގެ އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން އަންހެނުންގެ ކޮމެޓީން ދޭން ފެށި "ކަމަނަ އެވޯޑް" ދިނުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ހަދީޖާ މުސާ ވިދާޅުވީ، އަންހެނުންނަށް ހުރިހާ ގިންތިތަކެއްގައި ހަމަހަމަ ފުރުސަތު ހުޅުވާލެވިފައިވީނަމަވެސް މުޖުތަމައުގެ ވިސްނުމާއި އިހްސާސްތައް އަދި ވިންދުން ޖެހޭކަމަކީ ހަގީގަތެއް ކަމަށެވެ.
އަދި އަންހެނުން ކުރިއަށްދިޔުމަށް ފުރުސަތުތައް ހުޅުވާލުމަކީ މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އަންހެނުން ބިނާކުރުމަށް އިތުރު ކޯސްތަކާއި ޕްރޮގުރާމުތައް ރާވާ ހިންގަން ޖެހޭކަން ފާހަގަކުރައްވަމުން ހަދީޖާ ވިދާޅުވީ، އެ ކޮމެޓީން ދޭނެ ޔަގީންކަމަކީ އެފަދަ ފުރުސަތުތައް ފަހިކުރަން މަސައްކަތްކުރާނެ ކަމެވެ.
"ދޭން ބޭނުންވާ ޔަގީންކަމަކީ ޑަބުލިއުޑީސީންވެސް މިފަދަ ފުރުސަތުތައް ފަހިކުރުމުގައި މަސައްކަތްކުރާނެކަން. އަންހެނުންނަށް އިތުރު ފުރުސަތުތަކާއި ދޮރުތައް ހުޅުވައިދޭނެކަން. ކަންކަމުގައި މަގުފަހިކޮށްދޭނެކަން." ކުޅުދުއްފުށީ އަންހެނުން ކޮމެޓީގެ ރައީސާ ވިދާޅުވި އެވެ.
ހަދީޖާ ވިދާޅުވީ، އަންހެނުންގެ ދުވަސް ފާހަގަކުރާއިރު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަންހެނުންނަކީ މުޖުތަމައުގައި ހިމާޔަތް ލިބިދޭން ޖެހޭ ބައެއް ކަމަށާ ކޮންމެ މީހަކުވެސް ދުނިޔެއަށް އައުމުގައި މެދުވެރިޔަކަށް ވަނީ އަންހެނުންނެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ދަރިޔަކު އުފަންވުމަށް މައިމީހާ އުފުލާ ވޭން އެހެން އެއްވެސް މީހަކަށް އިހްސާސް ނުކުރެވޭނެ. ދަރިންގެ މައްޗަށް މައިމީހާގެ ހިތުގައިވާ ވަރުގަދަ ދަރި ކުލުނު އެއްވެސް މީހަކަށް ނޭނގޭނެ." ހަދީޖާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
"ދަރިޔަކު އުފަންވުމަށް މައިމީހާ އުފުލާ ވޭން އެހެން އެއްވެސް މީހަކަށް އިހްސާސް ނުކުރެވޭނެ. ދަރިންގެ މައްޗަށް މައިމީހާގެ ހިތުގައިވާ ވަރުގަދަ ދަރި ކުލުނު އެއްވެސް މީހަކަށް ނޭނގޭނެ. ހަދީޖާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.ހަދީޖާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ކުރީގެ އަންހެނުން ކޮމެޓީގެ މެމްބަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. އެގޮތުން ކުރީގެ އަންހެނުން ކޮމެޓީތަކުގައި މަސައްކަތްކުރެއްވި 44 ކަނބަލަކަށް ހަނދާނީ ފިލާ ދީފައިވެ އެވެ.
މިދިޔަ އަހަރުތަކުގައިވެސް އަންހެނުންގެ ކޮމެޓީން ގިނަ ކަންތައްތަކެއްކޮށްފައިވާކަން ފާހަގަކުރައްވަމުން ހަދީޖާ ވިދާޅުވީ، މިއަހަރަށްވެސް އަންހެނުންނަށް ގިނަ ކަންތައްތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ.
މިފަހަރު ކަމަނަ އެވޯޑް ހާސިލުކުރެއްވި ފަރާތްތަކުން ދެން އަންނަ ކަމަނަ އެވޯޑަކަށް އިތުރު ހުނަރުވެރި ކަނބަލުތަކެއް ނެރެދިނުމަށް އޭނާ އެދިލެއްވި އެވެ. އަދި ދެން އަންނަ ކަމަނަ އެވޯޑަކީ ގިނަ ބަޔަކު ވާދަކުރާނެ އެވޯޑަކަށްވުމަށް އުންމީދުކުރައްވާކަމަށް ހަދީޖާ ވިދާޅުވި އެވެ.