މި ހިޔަލަ އެކްސްޕޯގައި ހދ އަދި ށ އަތޮޅުގެ ހުރިހާ ރަށަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ.
ބައިނަލް އަޤްވާމީ ގެވެށި މަސައްކަތްތެރީންގެ ދުވަހާއި ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ބާއްވާ ކަނބަލުންގެ ހާއްސަ މައުރަޒު (ހިޔަލަ އެކްސްޕޯ 2024) ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
މި އަހަރުވެސް މި މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ހދ އަތޮޅުގެ ރަށްތަކަށާއި ށ އަތޮޅުގެ ރަށްތަކަށެވެ.
ނޮވެމްބަރު 29 އަދި 30 ވަނަ ދުވަހު ކުޅުދުއްފުށީގައި އޮންނަ މި މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި އޮކްޓޯބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މައުރަޒުގައި ގޭގައި ތަކެތި އުފައްދާ ފަރާތްތަކަށާއި އަދި މައުރަޒުގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ އެވެ. އަދި މިމައުރަަޒުގައި ވަނަތައް ހޮވައި އިނާމުވެސް ނިމުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރ، އަތޮޅާއި ރަށް، އަދި ފޯނު ނަންބަރ 7917089 އަށް އެސްއެމްއެސް ކޮށްގެން ބައިވެރިވެވޭނެ ކަމަށް ބިޒްނަސް ސެންޓަރުން ބުނެ އެވެ. މައުރަޒާ ބެހޭ އިތުރު މައުލޫމާތު 7917089 ލިބޭނެ އެވެ.
މިއީ މި އެކްސްޕޯ ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ.