twitterviber whatsapp telegramfacebookyoutube instagram
10th January 2026

އުންމީދަކީ އެކްސްޕޯއާއެކު ވިޔަފާރިތައް އިތުރަށް ފުޅާވެ ކުރިއަރައިގެން ދިއުން: ހަދީޖާ

އަބްދުލް ވާހިދު ޙަސަން
Jan 9, 2026

ކުޅުދުއްފުށީގައި މާދަމާ ބާއްވާ އެކްސްޕޯއާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ފުޅާވެ ކުރިއަރާދާނެކަމަށް އުންމީދުކުރައްވާކަމުގައި ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ ވިދާޅުވެއްޖެ އެވެ.

އަންހެނުން ކޮމެޓީ އާއި ސިޓީ ކައުންސިލާއެކު ގުޅިގެން މާދަމާ ބާއްވާ މި އެކްސްޕޯގައި 26 ވިޔަފާރިއަކުން ބައިވެރިވެ އެވެ. ބީޗް ގޭމް ސަރަހައްދުގައި ބާއްވާ މި އެކްސްޕޯ އޮންނާނީ މާދަމާ ހެނދުނު 08:30 ފެށިގެން ރޭގަނޑު 22:00 ހަމައަށް ކުރިއަށްދާނެ އެވެ.

އެކްސްޕޯގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވައި ސިޓީ ކައުންސިލުން އާންމުކުރި ވީޑިއޯއެއްގައި ވާހަކަދައްކަވަމުން ރައީސާ ހަދީޖާ މޫސާ ވިދާޅުވީ، އެހެން އަހަރުތަކާ ތަފާތުކޮށް މިއަހަރު މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ފިރިހެން ބޭފުޅުންނަށްވެސް ހުޅުވާލި ކަމަށެވެ. އެގޮތުން ފިރިހެން ދެ ބޭފުޅަކު މި އެކްސްޕޯގައި ބައިވެރިވި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯއާއެކު އެ ވިޔަފާރިތައް އިތުރަށް ފުޅާވެ ކުރިއަރައިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ހަދީޖާ ވިދާޅުވި އެވެ.

މިގޮތަށް ކުރިއަށްގެންދާ މިފަދަ އެކްސްޕޯތަކުގައި އަންހެން ބޭފުޅުން ގޭގައި ތިބެގެން އުފައްދާ ތަކެތި ދައްކާލައި ވިއްކުމަށް ފުރުސަތު ލިބިގެންދާއިރު މިފަދަ އެކްސްޕޯތަކުގެ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ފުރުސަތުގެ ބޭނުން ހިފުމަށް ހަދީޖާ އެދިލެއްވި އެވެ.

މާދަމާ އެކްސްޕޯ ބާއްވާއިރު ރޭގަނޑު ބޮޑުބެރާއެކު މިއުޒިކް ޝޯވެސް ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355