ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ސިޓީ ކައުންސިލުން ގުޅިގެން މިމަހު ބާއްވަން ނިންމާފައިވާ އެކްސްޕޯގައި 26 ފަރާތްތަކުން ބައިވެރިވެފައިވާކަމަށް އަންހެނުން ކޮމެޓީން ހާމަކޮށްފި އެވެ.
ބީޗް ގޭމް ސަރަހައްދުގައި ބާއްވާ މި އެކްސްޕޯ އޮންނާނީ މިމަހު 10 ވަނަ ދުވަހު އެވެ. އެ ދުވަހުގެ ހެނދުނު 08:30 ފެށިގެން ރޭގަނޑު 22:00 ހަމައަށް މި އެކްސްޕޯ ކުރިއަށްދާނެ އެވެ.
މި އެކްސްޕޯގައި ތަފާތު ވިޔަފާރިތަކުން ބައިވެރިވެފައިވާއިރު އެ ފަރާތްތަކުގެ އުފެއްދުންތައް މި އެކްސްޕޯގައި ލިބެން ހުންނާނެކަމަށް އަންހެނުން ކޮމެޓީން މައުލޫމާތުދެ އެވެ.
މި އެކްސްޕޯ ކުރިއަށްދާއިރު ކޮންމެ ގަޑިއަކުން އެއްފަހަރު އެތަނަށްދާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރުގެ އެކްސްޕޯގައި ބޮޑުބެރާއި މިއުޒިކް ޝޯވެސް ކުރިއަށްދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. މިއަހަރު އެކްސްޕޯގައި ފިރިހެނުންގެ ސްޓޯލްތައްވެސް ފެނިގެންދާނެ އެވެ.




