twitterviber whatsapp telegramfacebookyoutube instagram
22nd February 2026

މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި މައުރަޒެއް ބާއްވަނީ

Nov 17, 2025

މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި މައުރަޒެއް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނީ، ޑަބުލިއުޑީސީ އެކްސްޕޯގެ ނަމުގައި ބާއްވާ މި މައުރަޒުގައި ބައިވެރިވެވޭނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އަދި ކުޅުދުއްފުށީގައި ދިރިއުޅޭ ފަރާތްތަކަށެވެ. އެގޮތުން މި މައުރަޒުގައި ބައިވެވޭނީ 40 ފަރާތަކަށެވެ. އެއީ 30 އަންހެނުންނަށާއި 10 ފިރިހެނުންނަށެވެ.

ބައިވެރިވުމަށް ހުޅުވާލާފައިވާއިރު ފުރުސަތު ދެވޭނީ ރަޖިސްޓްރީވާ ތަރުތީބުން ކަމަށް އަންހެނުންގެ ކޮމެޓީން މައުލޫމާތުދެ އެވެ.

މިމައުރަޒަކީ ކުޅުދުއްފުށީގެ މަސައްކަތްތެރިންނަށާއި އަމިއްލަ އުފެއްދުންތައް ތައްޔާރުކޮށް ވިޔަފާރިކުރައްވަމުން އަންނަ އަންހެނުންނަށާއި ފިރިހެނުންނަށް އަމާޒުކޮށްގެން، އެފަދަ މަސައްކަތްތަކާއި ވިޔަފާރިތައް މާކެޓްކުރުމުގެ މަގު ފަހިކޮށްދީ، މިފަދަ އުފެއްދުންތައް އެއްތަނަކުން ދައްކާލެވޭނެ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ބޭއްވޭ މައުރަޒެކެވެ.

މި އެކްސްޕޯގައި ބައިވާން ބޭނުންވާ ފަރާތްތަކުން 23 ނޮވެމްބަރު 2025 ގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އެކްސްޕޯގައި ރަޖިސްޓްރީވުމަށް އެދެ އެވެ. އިތުރު މައުލޫމާތު 6527202 ނުވަތަ 6527201 އަށް ގުޅުމުން ލިބިގެންދާނެކަމަށް ކޮމެޓީން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355