twitterviber whatsapp telegramfacebookyoutube instagram
6th April 2025
ދިރާގުގެ އަންހެން މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީނު ހޯދުމަށް ފުރުސަތު ދެނީ--ފޮޓޯ:ދިރާގު

ދިރާގުގެ އަންހެން މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީނު ހޯދުމަށް ފުރުސަތު ދެނީ

ނަބީލާ އިސްމާޢީލް
Mar 13, 2023

ދިރާގުގެ ހުރިހާ އަންހެން މުވައްޒަފުންނަށް އައު ޓެކްނިކަލް ތަމްރީނުތަކެއް ހާސިލްކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައި ދިރާގު ހެޑް އޮފީހުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައެވެ.

ދިރާގުގެ އަންހެން މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީނު ހޯދުމަށް ފުރުސަތު ދެނީ--ފޮޓޯ:ދިރާގު

މިއިވެންޓްގައި އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އަދި ޑިރެކްޓަރ ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތް ރަޝީދު ހުސައިން ވަނީ މުވައްޒަފުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންވަނީ ދިރާގުގެ ޖެންޑަރ އެކްޝަން ޕްލޭންގެ އަޕްޑޭޓެއް ދީފައެވެ.

އެގޮތުން އެކުންފުނިން ވަނީ ދިރާގުގެ ހުރިހާ އަންހެން މުވައްޒަފުންނަށް އައު ޓެކްނިކަލް ތަމްރީނުތަކެއް ހާސިލްކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ.

ދިރާގުގެ އަންހެން މުވައްޒަފުންނަށް ޓެކްނިކަލް ތަމްރީނު ހޯދުމަށް ފުރުސަތު ދެނީ--ފޮޓޯ:ދިރާގު

ދިރާގުން ބުނީ މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔޭގައި ޓެކްނޮލޮޖިކަލް އަދި ޓެކްނިކަލް ޢިލްމްލިބިފައިވާ ހުނަރުވެރި ސްޓާފުން ތައްޔާރުކުރުން ކަމަށެވެ.

މިގޮތުން ހާވަރޑް، އައިބީއެމް އަދި ގޫގުލް އިން ލިބެން ހުރި މަގުބޫލު ކޯސްތައް މުވައްޒަފުންނަށް ލިބެން ހުންނާނެ ކަމަށާއި ކޯސް ފުރިހަމަކުރުމުން ސެޓިފިކޭޝަން އަދި ލައިސެންސް ފީ ދިރާގުން ދައްކައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުން އަބަދުވެސް ފާހަގަކުރަނީ މިންތީގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއިކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް އަދި ސަގާފަތެކެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com