twitterviber whatsapp telegramfacebookyoutube instagram
31st May 2026

ދިރާގު އަހަރީ އާންމު ޖަލްސާ މާރޗް 20 ގައި

Mar 13, 2023

ދިރާގުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ގައި ބާޢްވަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ، މި އަހަރުގެ އާއްމު ޖަލްސާގައި އޮންލައިންކޮށް "ފަހިވޯޓް" މެދުވެރިކޮށް އަދި ޖަލްސާ ބާއްވާ ކްރޮސްރޯޑްސް އަށް ހާޒިރުވެގެން ވެސް ބައިވެރިވުމުގެ ފުރުސަތު ހިއްސާދަރުންނަށް އޮންނާނެ ކަމަށެވެ. އަހަރީ ޖަލްސާގައި ހިއްސާދާރުންނާއި ޕްރޮކްސީން އަށް ޕްރީ ރެޖިސްޓްރޭޝަންގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ހިއްސާދާރުންނަށް ޕްރީ ރަޖިސްޓްރީޝަންގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމާ ހަމައަށެވެ. ޕްރޮކްސީ އަށް ޕްރީ ރަޖިސްޓްރޭޝަންގެ ފުރުސަތު އޮނނާނީ 18 ވަނަ ދުވަހުގެ މެންދުރު 1 ޖަހަންދެންނެވެ.

ދިރާގުން ބުނި ގޮތުގައި މި އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ޖަލްސާކުރާ މާލަމަށް ހާޒިރުވެވޭ ހިއްސާދާރުންގެ އަދަދު ވަނީ 150 އަށް ލިމިޓުކޮށްފަ އެވެ. ރަޖިސްޓަރީ ކުރާ ހިއްސާދާރުން ޖަލްސާގައި ބައިވެރިވެވޭނީ އޮންލައިންކޮށް ކަން ނުވަތަ މާލަމަށް ހާޒިރުވެގެންކަން 19 ވަނަ ދުވަހުގެ ހަވީރު 4 ކުރިން އަންގާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ދިޔަ އަހަރު ދިރާގަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި 900 މިލިއަން ރުފިޔާގެ ސާފު ފައިދާ ވަނީ ލިބިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355