twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޕޫޓިން ހައްޔަރު ކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އަމުރެއް ނެރެފި

Mar 18, 2023

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)އިން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ހައްޔަރު ކުރަން އަމުރެއް ނެރެފިއެވެ.

ޕޫޓިން ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ ހަނގުރާމާގައި އިންސާނުން ގަތުލުކޮށް މަރައި އަދި މިފަދައިން ލާއިންސާނީ އެތައް ޖަރީމާއެއް ހިންގާފައި ވަތީ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

މިއީ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ގައުމެއްގެ ލީޑަރަކަށް ހައްޔަރުކުރަން އައިސީސީއިން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

ޕޫޓިންއާ އެކު ރަޝިއާގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޝަންގެ ވެރިޔާ، މާރިއާ ލޯވާ ބެލޯވާ ހައްޔަރުކުރަންވެސް އައިސީސީން ވަނީ އަމުރު ނެރެފަ އެވެ.

އައިސީސީގެ ކުރީގެ ޕްރޮސެކިއުޓަރެއް ކަމަށްވާ ޑޭވިޑް ކްރޭން ވިދާޅުވީ ޕުޓިންގެ އަރިހުގައި ހުންނަ ދުނިޔޭގެ ކޮންމެ ލީޑަރަކު ވެސް މިހާރު ލަދުގަންނަން ޖެހޭނެ ކަމަށެވެ.

"މުޅި ދުނިޔޭގައި ވެސް ޕުޓިންއަށް ސިޔާސީ ގޮތުން އޮތް އިތުބާރު މިހާރު ގެއްލިއްޖެ،" އޭނާ ވިދާޅުވިއެވެ.

އައިސީސީން ވަނީ، ރަޝިއާގެ ރައީސް އޮފީހުގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޝަނަރު މެރިއާ އަލެކްސެއެވްނާ ލްވޮވާ-ބެލޯވާ ހައްޔަރުކުރަން ވެސް އަމުރެއް ނެރެފައެވެ. އޭނާގެ މައްޗަށް ވެސް ކޮށްފައި ވަނީ ޔޫކްރެއިންގެ ކުޑަކުދިން ގަވައިދާ ޚިލާފަށް ރަޝިއާއަށް ގެންދާ ކަމުގެ ތުހުމަތެވެ.

ރަޝިއާއިން ވަނީ އެފަދަ މައްސަލައެއް ބެލުމަށް އައިސީސީގެ އިހުތިސާސެއް ނެތް ކަމަށާއި އެއީ ގާނޫނީ ގޮތުން ބާތިލް އަމުރެއް ކަމަށް ބުނެފައެވެ.

ޔޫކްރޭންގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ޑިމިޓްރޯ ލުބިނެޓްސް ވިދާޅުވި ގޮތުގައި ރަޝިއާއިން ޔޫކްރޭންގެ 16،226 ކުޑަކުދިން ވަގަށް ނަގާފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އޭގެ ތެރެއިން ޔޫކްރޭނަށް އަނބުރާ ގެންދެވުނީ 308 ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355