twitterviber whatsapp telegramfacebookyoutube instagram
21st November 2024

ރޯދައިގެ މާތްކަން

ހ.މ
Mar 18, 2023

ޤުދުސިއްޔަ ޙަދީސެއްގައި އައިސްފައިވެއެވެ. (الصَّومُ لِي وَأَنَا أَجْزِي بِهِ). މާނައީ: "ރޯދަވަނީ ތިމަން އިލާހަށްޓަކައެވެ. އަދި އެ ރޯދައަށް ޖަޒާ ދެއްވާ ހުށީ ހަމަ ތިމަން އިލާހެވެ."

މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާއީ އެންމެ މަތިވެރިގެންވާ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. ރޯދައަކީ އެކަލާނގެ ޒާތުފުޅަށްޓަކައިވާ އެއްޗެއްކަމަށް ބަޔާންކުރެއްވުމަކީ، ރޯދައިގެ މާތްކަމާއި ދަރުމައިގެ އިތުރުކަން ބަޔާންކޮށްދޭ އެންމެ ބޮޑު ދަލީލުކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ތިރީގައި ޖަމާކޮށްލާފައި އެވަނީ، ރަމަޟާން މަހުގެ ރޯދައިގެ ހުރި ދަރުމައާއި ސަވާބާއި ގުޅޭގޮތުން މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައިވާ ބައެއް ޙަދީސް ފުޅުތަކެވެ.

- ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

مَنْ صَامَ رَمَضَانَ إِيْمَانًا وَاِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ

(رواه البخاري ومسلم)

މާނައީ: އީމާންކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައަށްއެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަ ފާފައެއް ފުހެވިދެއެވެ.

-ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

الصَّلَوَاتُ الخَمْسَ وَالجُمْعَةُ إِلَى الجُمْعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفَّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتْ الكَبَائِر

(رواه مسلم)

މާނައީ: ފަރުޟު ފަސްނަމާދާއި، އެއްހުކުރު ނަމާދުން އަނެއް ހުކުރު ނަމާދާއި ދެމެދުއާއި، އެއްރަމަޟާން މަހުން އަނެއް އަހަރުގެ ރަމަޟާންމަހަށް، ބޮޑެތި ފާފަތަކުން ދުރުހެލިވެއްޖެ މީހާއަށް އެއީ ފާފަ ފުއްސެވުމެކެވެ.

-ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

مَنْ صَامَ رَمَضَانَ وَعَرَفَ حُدُوْدَهُ وَتَحَفَّظَ مِمَّا كَانَ يَنْبَغِى أَنْ يَتَحَفَّظَ مِنْهُ كَفَّرَ مَا قَبْلَهُ

މާނައީ: ރަމަޟާން މަހުގެ ރޯދަހިފައި، ރޯދައިގެ ޙުކުމްތައް ރަނގަޅަށް ދަނެހުރެ، ރަމަޟާންމަހުގެ ރޯދައަށް ރައްކާތެރިވެއްޖެ މީހެއްގެ ކުރިންދިޔަ ފާފަތައް ފޮހެވިއްޖެއެވެ.

- ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنْ النَّارِ سَبْعِينَ خَرِيفًا

(رواه البخاري ومسلم)

މާނައަކީ: އެއް ދުވަހު ވެސް ﷲ ގެ މަގުގައި ރޯދައެއް ހިފައިފި މީހެއްގެ މޫނު، ނަރަކައާއި ހަތްދިހަ އަހަރުގެ ރާސާތާއަކަށް، މާތްﷲ ދުރުކުރައްވާނެއެވެ.

މިމަތިވެރިގެންވާ މައްސަރުގެ ހެޔޮ ދަރުމައާއި ސަވާބު އަޅުގަނޑުމެންނަށް އެންމެންނަށް މިއްވަރު ކުރައްވާ، މި މައްސަރުގައި ކުރެވޭ ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާ އަޅުންގެ ތެރެއިން އަޅުގަނޑުމެން ހިމަނުއްވާށި. އާމީން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355