ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ހިދުމަތްތައް ފޯރުކޮށްދޭ ގަޑިތައް އާންމުކޮށްފި އެވެ.
މިކަން ހާމަކޮށް ކޭއާރުއެޗުން ކުރި އިއުލާނެއްގައި ބުނީ އާންމު ބަލީގެ ޑޮކްޓަރުން ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ބަލާނެ ކަމަށާއި ހެނދުނު ދަންފަޅީގެ ހާއްސަ ބަލި ތަކުގެ ޑޮކްޓަރުން 8:30 ން 14:00 އަށް ބަލާއިރު މެންދުރު ފަހުގެ ދަންފަޅީގެ ހާއްސަ ބަލި ތަކުގެ ޑޮކްޓަރުން 12:30 ން 16:00 އަށް ބަލާނެ ކަމަށެވެ. އަދި ދަތުގެ ފަރުވާ ހެނދުނު 8:30 ން 14:00 އަދި ރޭގަނޑު 20:00 ން 22:00 އަށް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ކިޔޫ ނަންބަރު ދޫކުރުން ދޫކުރުމާއި ކެންސަލް ކިޔޫ ހެނދުނު 6:00 ން 12 އަށް، މެމޯ ހެއްދުން 8:00 ން 12:00، ކެންސަލް މެމޯ 10:30 ން 14:00 އަށް، ދަތުގެ ޑޮކްޓަރުގެ މެމޯ 8:00ން 17:00 އަށް އަދި ދަތުގެ ކެންސަލް މެމޯ 10:30 އިން 19:00 އަށް ހެއްދޭނެ ކަމަށެވެ.
ލެބޯޓްރީގެ ހިދުމަތާއި ފިޒިއޯތެރަޕީގެ ހިދުމަތް ހެނދުނު 8:00 ން 18:00 އަށް އެކްސްރޭ ހިދުމަތް 8:00 ން 22:00 އަށް އެމްއާރުއައި 8:30ން 17:30 އަށް އަދި ސްޕީޗް ތެރަޕީގެ ހިދުމަތް 8:00 ން 14:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އަދި 8:30 14:00 އަށް އުފަންވެހީގެ ހިދުމަތް ލިބޭއިރު ބޭސްއެޅުމާއި އިންޖެކްޝަން ޖެހުން 9:00ން 21:00 އަށް، ޑައިލިސިސް ހިދުމަތް 8:00ން 20:00 އަށް، ހަންހާރަ ކްލިނިކް 9:30 ން 12:30 އަށް ހިދުމަތް ލިބޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
އެޕޮއިންޓްމެންޓް ހެއްދުން ކުރިއެކޭވެސް އެއްގޮތައް 16:00ން ހެނދުނު 6:00 އަށް ކުރިއަށްދާއިރު އެމަޖެންސީގައި ފޯރުކޮށްދޭ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.