twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގެ 7 މިސްކިތެއްގައި މިއަހަރު ތަރާވީހު ނަމާދުކުރާނެ

އަބްދުލް ވާހިދު ޙަސަން
Mar 22, 2023

ކުޅުދުއްފުށީގެ 7 މިސްކިތެއްގައި މިއަހަރު ރަމަޟާންމަހު ތަރާވީޙް ނަމާދުކުރަން ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ، މިރޭއިން ފެށިގެން މިސްކިތްތަކުގައި ތަރާވީޙް ނަމާދުކުރަން ފެށޭނެ ކަމަށެވެ. އެކަމަކު އަލަށް ހުޅުވާ، މަސްޖިދުލް މުހައްމަދުގައި ނަމާދުކުރަން ކުރަން ފަށާނީ 23 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ކަމަށެވެ.

މަސްޖިދުލް މުހައްމަދާއި ދާދި ކައިރީގައި ހުންނަ މަސްޖިދުލް އުލާގައިވެސް މިރޭ ތަރާވީހު ނަމާދުކުރާނެ އެވެ. އެކަމަކު އެއީ އެ މިސްކިތުގައި ކުރާ އެންމެފަހު ނަމާދެވެ. މަސްޖިދުލް މުހައްމަދު 23 ވަނަ ދުވަހު ފަތިސް ނަމާދަށްފަހު ހުޅުވުމުން، އުލާ މިސްކިތް ބަންދުކުރާނެ އެވެ.

7 މިސްކިތުގެ ތެރެއިން އެއް މިސްކިތަކީ އަންހެނުންނަށް ހާއްސަ މިސްކިތެކެވެ. އެއީ މަސްޖިދުލް ޒަހުރާ އެވެ. އެ މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދުކުރާނީ އައިޝަތު އަލީ އެވެ.

ރަމަޝާންމަހު ތަރާވީހު ނަމާދުކުރާ މިސްކިތްތަކާއި އިމާމުން

  • މަސްޖިދުލް ޙަޟާރާތު - އަލްހާފިޒް ސަލްމާން އާމިރު އަބުދުލްރައްޒާގު / ޕާކިސްތާނު
  • މަސްޖިދުލް ހަސަނާތު - މުހައްމަދު މަލްސޫމް
  • މަސްޖިދުލް ނޫރު - އާދަމް މުހައްމަދު
  • މަސްޖިދުލް ޖަމާއަތު - އަލްހާފިޒް މުހައްމަދު އައްބާސް ހުސެއިން / ޕާކިސްތާނު
  • މަސްޖިދުލް ފިރުދައުސް - ހުސެއިން މުހައްމަދު
  • މަސްޖިދު މުހައްމަދު - އަބުދުއްސައްތާރު މުހައްމަދު
  • މަސްޖިދުލް ޒަހުރާ - އާއިޝަތު އަލީ

ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ، ތަރާވީހް ނަމާދުކުރަން ކުޅުދުއްފުއްޓަށް ގެނައި ޕާކިސްތާނުގެ ދެ ހާފިޒުންގެ ތެރެއިން އެއް ބޭފުޅަކު ގެނެސްފައިވަނީ އަމިއްލަ ބައެއްގެ ހަރަދުގައި ކަމަށެވެ.

ކުޅުދުއްފުށީގައި މިއަހަރު ރޯދަމަހަށް އަލަށް ހުޅުވާ މަސްޖިދުލް މުހައްމަދަކީވެސް ވިޔަފާރިވެރިއެއް އިމާރާތްކުރި މިސްކިތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355