twitterviber whatsapp telegramfacebookyoutube instagram
2nd April 2025

ރަމަޟާން ކެރަމް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

Mar 23, 2025

ރަމަޟާންމަހަށް ހާއްސަކޮށް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ކެރަމް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މާރިޗު 15 އިން 19 އަށް ކުޅުދުއްފުށީ ބައިކަޅު ސަރަހައްދުގައި ކެރޮމް ކުޅޭ ފަރާތްތައް އިސްނަގައިގެން ކުރިއަށްގެންދިޔަ މިއަހަރުގެ މުބާރާތް އޯގަނައިޒިން ޕާޓްނަރަކީ ކުލަބް ކޮރަލްސް އެެވެ.

ކޮރަލްސްއިން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތުގައި ޖުމްލަ 16 ބައިވެރިން ވާދަކޮށްފައިވާއިރު، މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޑަބަލްސް ފޯމެޓަށްކަށެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލު މެޗު ކާމިޔާބު ކުރީ އަލީ އާދަމް ސެމްޕަލް/ އަލީ ހުސައިން މެނީގޯލްޑްގެ ޓީމެވެ. ފައިނަލު 3 ސެޓް 2 ސެޓް އިން ނިމިގެން ދިޔައިރު، ފައިނަލުގައި އަނެއް ކޮޅުން ވާދަ ކުރީ އިބްރާހިމް އަލީ ކަނީރުގެ/ މުހައްމަދު ހަސަން ޒަމާނީގެ ޓީމެވެ.

ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް އިނާމު ދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. އަދި ރަނަރއަޕް ޓީމަށް އިނާމު ހަވާލުކޮށްދެއްވީ ކައުންސިލް މެންބަރު އިބްރާހިމް އަހްމަދެވެ.

އަންނަ އަހަރު މި މުބާރާތް މިއަށްވުރެ ފުރިހަމައަށް ބޭއްވިގެންދާނެކަމަށް ކޮރަލްސް އިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355