twitterviber whatsapp telegramfacebookyoutube instagram
26th March 2026

ވިޔަފާރިވެރިޔަކު ކުޅުދުއްފުށީގައި ބިނާކުރި މިސްކިތް މާދަމާ ހުޅުވަނީ

އަބްދުލް ވާހިދު ޙަސަން
Mar 22, 2023
2

ކުޅުދުއްފުށީގައި ވިޔަފާރިވެރިޔަކު ބިނާކުރި މިސްކިތް "މަސްޖިދު މުހައްމަދު" މިރޭ ފަތިސް ނަމާދަށްފަހު ހުޅުވަން ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދީފި އެވެ.

އިރުމަތި އަވަށު ގަބުރުސްތާ އިންވެގެން އިމާރާތްކުރި މި މިސްކިތް މިރޭ ފަތިސް ނަމާދުން ފެށިގެން ހުޅުވާލުމާއެކު އެ ގަބުރުސްތާނުގައި މެދުގައި ހުރި މަސްޖިދުލް އުލާ ބަންދުކުރެވިގެންދާނެ އެވެ.

މަސްޖިދުލް އުލާއަކީވެސް އަމިއްލަ ފަރާތްތަކުން އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މަސްޖިދު މުހައްމަދުގައި އެއްފަރާ 400 އެއްހާ މީހުންނަށް ނަމާދުކުރެވޭނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. މި މިސްކިތުގައިވެސް އަންހެނުން ނަމާދުކުރެވޭނެ ހާއްސަ ބައެއް ހިމަނާފައިވެ އެވެ.

އަލަށް އިމާރާތް ކުރި މި މިސްކިތާއެކު ޖުމްލަ ކުޅުދުއްފުށީގައި 6 މިސްކިތާއި އަންހެނުން ހާއްސަ ދެ ނަމާދުގެ ހުންނާނެ އެވެ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން ބިނާކުރެއްވި މިސްކިތްތައްކަން ފާހަގަކުރެވެ އެވެ.

އެގޮތުން މަސްޖިދު މުހައްމަދުގެ އިތުރުން މަސްޖިދުލް ފިރުދައުސް އާއި މަސްޖިދުލް ހަސަނާތު އަދި ނޫރު މިސްކިތަކީވެސް އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355