twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދައުރު ނިމެނިކޮށް ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގައި ވަގުތީ ލައިޓް ހަރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 3, 2023
2

ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމެން އަހަރަކަށްވުރެ މަދު ދުވަސްކޮޅަކަށްވެފައިވަނިކޮށް، ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގައި ވަގުތީ ލައިޓް ޖަހައިފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއުއަކީ ރައީސް ޔާމީންގެ ވެރިކަމުގައި އަޅަން ފެށި އެއާޕޯޓެކެވެ. ފުރަތަމަ ދެ އަހަރުތެރޭގައި އަޅައި ނިންމަން ވައުދުވި އެ އެއާޕޯޓްގެ މަސައްކަތް ޔާމީންގެ ވެރިކަން ނިމުނުއިރު އެޅުނީ ހަމައެކަނި ރަންވޭ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ނިންމާލާ، ޝެޑިއުލް ދަތުރުތައް ފެށީ 2019 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 9 ވަނަ ދުވަހު އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އާރުއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށީ ރަންވޭގައި ލައިޓް ޖަހާ ނިންމާ، ރޭގަނޑު ފްލައިޓް އޮޕަރޭޓްކުރަން ރަންވޭ ތައްޔާރުވެފައިވާ ކަމަށާއި މިއަދު ނައިޓް ލޭޑިންގއަށް ހުޅުވާލެވޭނެ ކަމަށެވެ.

މިހާރު ކުރަމުންދާ މަސައްކަތަކީ އޮޓަމޭޓްކުރުމުގެ މަސައްކަތްކަމަށާއި އެ މަސައްކަތް މި މަހުފަހުކޮޅު ނިންމާލެވޭނެކަމަށް ރިޒުވީ ވިދާޅުވި އެވެ.

ވަގުތީ ލައިޓްތަކެއް

ރަންވޭގައި ހަރުކޮށްފައިވަނީ ސޯލާ ލައިޓްތަކެވެ. ރިޒުވީ ވިދާޅުވީ، އެ ލައިޓްތަކަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގަބޫލުކުރާ ފެންވަރުގެ ލައިޓް ކަމަށާ އެ ފަދަ ލައިޓްތައް މިހާރުވެސް ރާއްޖޭ ދެ އެއާޕޯޓެއްގައި ބޭނުންކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް މައްސަލައެއް ނުޖެހި އެ އެއާޕޯޓްތަކުގައި ލައިޓް ބޭނުންކުރާތާ އެތައް އަހަރުތަކެއްވެފައިވާ ކަމަށް ރިޒުވީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސޯލާ ލައިޓް ރަންވޭގައި ހަރުކުރީ އަވަސްކުރުމުގެ ގޮތުން ކަމަށާއި އެ ލައިޓްތަކަކީ ދާއިމީގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވާ ލައިޓްތަކެއް ނޫންކަމުން ރަންވޭ ލައިޓްތައް ރާއްޖެ އަންނަވަރަކުން އެތަަކެތި ރިޕްލޭސް ކުރަމުންގެންދާނެ ކަމަށެވެ.

މިހާރު އޯޑަރު ދީފައިވާ ރަންވޭ ލައިޓްތައް މިމަހު 20 ހާތަނުގައި ރާއްޖެ އަންނާނެ ކަމަށާއި އަންނަވަރަކުން އެ ލައިޓްތައް ބަދަލުކުރަމުންގެންދާނެ ކަމަށް ރިޒުވީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355