މި މުބާރާތުން ބިލެތްފަހީގެ އެންމެ އަލިގަދަ 5 ތަރިން ހޮވުމަށް ވަނީ ހަމަޖެހިފަ.
ށ. ބަލެތްފަހި ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތައް ބިލެތްފަހި ކައުންސިލުން އަލަށް ޤުރުއާން މުބާރާތެއް ބާއްވަން ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތަކީ ބިލެތްފަހީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައ،ި ފެތުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.
މި މުބާރާތުގައި ބައިވެރި ވެވޭނީ ރަށުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި ރަށު ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން
ނުވަތަ ރަށުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށެވެ. ރަށުގައި ދިރި އުޅޭ އެހެން ރަށްރަށުގެ މީހުންކަމުގައި ބަލާނީ ވޭތުވެ ދިޔަ 12 މަސްދުވަހު މެދުނުކެނޑި އެރަށުގައި ދިރިއުޅެފައިވާ ނަމަކަމަށެވެ.
އަބްދުﷲ ޒިޔާދު ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމަށް 6 އުމުރުފުރާއަކަށް ބަހާލެވިފައިވާނެ ކަމަށެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށާއި 18 އަހަރުން މަތީގެ އުމުރުފުރާ އެވެ.
14 އެޕްރީލްގައި ފަށަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް މިހާރު ހުޅުވާލާފައިވާއިރު ބައިވެރިވުމުގެ ސުންގަޑިއަކީ އެޕްރީލް މަހުގެ 6 ވަނަ ދުވަހެވެ.
މާލެއިން ޖަޖުން ގެނެސްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން އަދި ނުބަލާ ކިޔެވުމުގެ ބައިން ބައިވެރިވެވޭނެ އެވެ. މުބާރާތުގައި ހޮވާ ވަނަތައް؛
މި މުބާރާތުގައި ހުރިހާ ގޮފިތަކެއްގެ ކޮންމެ އުމުރު ފުރާއަކުން 1 ވަނައަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމާއި ސީލްޑުގެ އިތުރުން ހުރިހާ ގޮފިތަކަކުންވެސް 2 އަދި 3 ވަނައަށް ސީލުޑު އަދި ބިލެތްފަހީގެ އެންމެ އަލިގަދަ ފަސްތަރިންނަން ފައިސާގެ އިނާމާއި ސީލުޑް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.