twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކުޅުދުއްފުށީ ހުރިހާ މިސްކިތެއްގައި މިއަހަރުވެސް ދަމު ނަމާދުކުރާނެ

ނަބީލާ އިސްމާޢީލް
Apr 10, 2023

މި ރަމަޟާން މަހުގެ 20 ވާ (އަންގާރަ) ދުވަހުގެ ރެއިން ފެށިގެން ކުޅުދުއްފުށީގައި ތަރާވީހު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައިވެސް ޖަމާޢަތުގައި ދަމު ނަމާދުކުރާގޮތަށް ހަމަޖައްސާފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

މީގެ ކުރިންވެސް ބައެއް އަހަރު ތަކުގައި ކުޅުދުއްފުށީގެ ހުރިހާ މިސްކިތް ތަކުގައި ރަމަޟާން މަހު ފަހު ދިހައިގައި ދަމުނަމާދުކުރެ އެވެ.

ދަމު ނަމާދުކުރާ މިސްކިތްތަކާއި ވަގުތު:

  • މަސްޖިދުލް ޙަޟާރަތު - މެންދަމު 02:30
  • މަސްޖިދުލް ހަސަނާތު - މެންދަމު 02:30
  • މަސްޖިދުލް ޖަމާޢަތު - މެންދަމު 02:30
  • މަސްޖިދުލް ނޫރު - މެންދަމު 02:30
  • މަސްޖިދުލް ފިރުދައުސް - މެންދަމު 02:30
  • މަސްޖިދު މުޙައްމަދު - މެންދަމު 02:30

ކައުންސިލުން ކުރިން ކޭއޯއަށްމައުލޫމާތު ދިން ގޮތުގައި ބައެއް މިސްކިތްތަކުގައި 2:00ގައި ދަމު ނަމާދު ފަށާގޮތައް އޮތެވެ. ނަމަވެސް ފަހުން ބައެއް މިސްކިތްތަކުގެ އިމާމުން 2:30 ގައި ނަމާދު ފަށަން އެދޭތީ އެގޮތައް ހުރިހާ މިސްކިތެއްގައި ކުރާ ގޮތައް ވަނީ ބަދަލުކޮށްފަ އެވެ.

ރޯދަމަހުގެ ފަހު 10 ގައި ޖަމާއަތުގައި ކުރާ ދަމު ނަމާދު ކުރާއިރު އިއުތިކާފަށް އިނުމަކީވެސް ގަދަވެގެންވާ ސުންނަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355