twitterviber whatsapp telegramfacebookyoutube instagram
1st November 2025

ދެ މީހަކަށް ޗެމްޕިއަންސް ލީގުގެ ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް

Apr 12, 2023

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާސްޓާކާޑުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އާ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ދެ ފަރާތްތަކަށް އިސްތަންބޫލުގައި އޮންނަ ޗެމްޕިއަންސް ލީގު ފައިނަލް ބަލާލަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ބީއެެމްއެލުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި މާސްޓަކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 12 އެޕްރީލް އިން 9 މެއި 2023 ގެ ނިޔަލަށެވެ.

މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355