twitterviber whatsapp telegramfacebookyoutube instagram
9th September 2026

ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް

Apr 13, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ވޮޝިންގްޓަނަށް ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމް އާއި ގުޅިގެން ބާއްވާ ވަލްނަރަބަލް 20 (ވީ20) ގެ މާލީ ވަޒީފުންގެ 10 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ 12 އިން 17 އަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ވީ20 ގްރޫޕުގެ ރިޔާސަތު ބަލަހައްޓަވާ ގާނާގެ ފިނޭންސް އެންޑް އިކޮނޮމިކް މިނިސްޓަރު ވަނީ ހާއްސަ ދައުވަތުގެ ސިޓީއެއް ރައީސް ނަޝީދަށް ފޮނުއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިންނެވެ.

މި ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ފްރޮމް އަކްރާ ޓު މަރަކެޝާ: އެޑްވޮކޭޓިން ފިޓް-ފޯރ- ކްލައިމެޓް ފައިނޭންޝަލް އާކިޓެކްޗާ އެންޑް ޑިވެލޮޕްމަންޓް-ޕޮޒިޓިވް ކްލައިމެޓް އެކްޝަން" އެވެ.

ނަޝީދުގެ މި ދަތުރުފުޅުގައި އައިއެމްއެފް އާއި ވޯލްޑް ބޭންކް އަދި ސީވިއެފްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293