twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީގައި ބާއްވާ ހެލްތް ކޭމްޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Apr 25, 2023

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުޅުދުއްފުށީގައި ބާއްވާ ހެލްތް ކޭމްޕްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެެވެ.

މި ކޭމްޕަކީ އަންނަ މޭ މަހު 5 ން 7 އަށް ކުރިއަށްގެންދާ ކޭމްޕެކެވެ. ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު މެއިމަހުގެ 2 ވަނަ ދުވަހުގެ ކުރިން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އާންމުކޮށްފައިވާ ގޫގުލް ފޯމު ފުރުމަށް އެދެ އެވެ.

މި ކޭމްޕްގައި ފިރިހެނުންގެ ދަރިމައިވުމާ ބެހޭ މައްސަލަތަކާ ބެހޭ މައުލޫމާތާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ މައުލޫމާތު ދެވިގެންދާނެ އެވެ. މާބަނޑު މީހުންނަށާއި އަލަށް މަންމަ އަކަށްވާ ފަރާތްތަކަށް ހާއްސަކޮށް ގާތުން ދިނުމާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއްގެ އިތުރުން އުރަމަތީގެ ކެންސަރަށް އެގްޒާމިނޭޝަން ހެދުމުގެ ޕްރޮގުރާމް ކުރިއަށްދާނެ އެވެ.

އަދި ދެ ޖިންސުގެ ފަރާތްތަކަށް ހާއްސަކޮށް އާއިލާ ރޭވުމުން އަދި ސޭފް ސްޕޭސް (ޕީރިއަޑް ވާހަކަ) ސެޝަންތައްވެސް ކުރިއަށްދާނެކަމަށް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މައުލޫމާތުދެއްވަ އެެވެ.

އިންފޮމޭޝަން ޝެސަންއަކާއި އެގުޒާމިނޭޝަން ޝެސަންއަކާއެކު ކުރިއަށްދާ މި ކޭމްޕަކީ ބައިވެރިވާން ވަރަށް މުހިންމު ކޭމްޕެއް ކަމަށާއި މި ކޭމްޕްގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް އެ ކޮމެޓީން ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355