twitterviber whatsapp telegramfacebookyoutube instagram
25th May 2026

ކޭމްޕް ނޯ އިތުރަށް ތަރައްގީ ކުރުމަށް ބާސާއިން 1.5 ބިލިއަން ޑޮލަރު ހޯދައިފި

މުޙައްމަދު އަހުމަދު
Apr 26, 2023

އެފްސީ ބާސެލޯނާގެ ސްޓޭޑިއަމް ކޭމްޕް ނޯ އިތުރަށް ތަރައްގީކުރުމަށް ޕްރޮޖެކްޓް ފަންޑިންގެ ގޮތުގައި އެކުލަބުން 1.5 ބިލިއަން ޑޮލަރު ހޯދައިފި އެވެ.

ބާސެލޯނާއިން ހާމަކުރިގޮތުގައި މިއީ 20 އިންވެސްޓަރެއްގެ އަތުން ހޯދި ފައިސާ ކަމަށާއި އަދި އިންވެސްޓަރުން ފައިސާ އަނބުރާ ދިނުމަށް 5 އަހަރާއި 24 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އަދި މި ފައިސާ ދައްކަން ޖެހޭނީ ތަރައްގީގެ ޕްރޮޖެކްޓް ނިމުމުން ކަމަށް އެކުލަބުން ހާމަކުރެ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެކުލަބުން އިތުރު ފެސިލިޓީތައް ތަރައްގީކުރުމުގެ މަސައްކަތްތައް ވެސް ކުރާނެ އެވެ. އެއީ ހޭންޑްބޯޅައާއި ބާސްކެޓްބޯޅަ ތަރައްގީކުރުމާއި ރިޒާވް ޓީމް އަދި އަންހެން ޓީމުގެ ދަނޑު ކަމަށްވާ ޔޯހަން ކްރައިފް ސްޓޭޑިއަމް ތަރައްގީކުރުމެވެ.

2026 ގެ ނިޔަލަށް ޕްރޮޖެކްޓް ނިމޭނެކަމަށް އެކުލަބުން ހާމަކުރާއިރު މި ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހު އެވެ. އަދި މިވަގުތުގެ ތެރޭގައި ބާސާގެ ސީނިއާ ޓީމުގެ މެޗުތައް ކުޅޭނީ މޮންޓްޖުއިކްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކަމަށް އެކުލަބުން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355