twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިމާމު އަބޫޙަނީފާގެ އަވަށްޓެރިޔާ

ހ.މ
Apr 27, 2023

ތިމާ އުޅޭގެ ވަށައިގެންވާ ގެތަކުގައި ދިރިއުޅޭ އަވަށްޓެރިންނަށް ކަމޭހިތުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. ކީރިތި ޤުރުއާނުންނާއި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީސް ބަސްފުޅުތަކުންވެސް މިކަމުގެ މުހިންމުކަން ބަޔާންކޮށް ދެއްވާފައިވެއެވެ. އަވައްޓެރިންނަށް ކަމޭހިތުމުގެ ފައިދާގެ ބޮޑުކަންވެސް އައިސްފައިވެއެވެ.

މާތް ﷲ ރުއްސުންލެއްވި ޢާއިޝަތު ގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ކިރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައިވެއެވެ.

"އަވަށްޓެރިޔާ އަކީ ވާރުތަވެރިޔަކަށް ވެދާނެ ކަމަށް ތިމަންކަލޭގެފާނަށް ހީފުޅުވާ ވަރަށް، ޖިބްރީލް ޢަލައިހިއްސަލާމް އެމީހުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނަށް ވަޞިއްޔަތް ކުރެއްވިއެވެ." (ބުޚާރީ، މުސްލިމް)

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުންނާއި އެކަލޭގެފާނުގެ ސަޙާބީންގެ ޢަމަލުފުޅުތަކުން އަވަށްޓެރިންނަށް ކަމޭހިތުމުގެ ރިވެތި ސިފަ ދައްކުވައިދީފައިވެއެވެ. މިލިޔުމުގައި ހިމެނިފައިވާ ވާހަކަ ނެގިފައިވާ ޝަހުޝިއްޔަތު، އާދެ އިމާމު އަބޫ ޙަނީފާއަކީވެސް އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގައި ތެދުވެރި ޢިލްމުވެރި އެތައް ދަރިވަރުންތަކެއްގެ މުދައްރިސެކެވެ.

އިމާމު އަބޫ ޙަނީފާ ރޭގަނޑު ރޭ އަޅުކަން ކުރައްވާ ބޭކަލެކެވެ. ނަމާދު ކުރުމާ މާތް ﷲ އަށް ދުޢާ ކުރެއްވުމުގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރައްވާ ބޭކަލެކެވެ. އެކަލޭގެފާނުގެ އަވަށްޓެރިއެއް ވެއެވެ. އޭނާ ރޭގަނޑު އެކަލޭގެފާނު ނަމާދު ކުރައްވާ ގަޑީގައި އަޑުގަދަކޮށް ލަވަކިޔާ ކަންތައް ކުރެއެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށް އަޑުގަދަކޮށް އެކަލޭގެފާނަށާއި އެހެން އަވަށްޓެރިންނަށްވެސް އުނދަގޫ ކުރެއެވެ.

އެއްދުވަހަކު އެކަލޭގެފާނަށް އޭނާގެ އެއްވެސް އަޑެއް ނީވުނެވެ. އަޑުގަދަ ކުރާ އަޑެއް، ލަވަކިޔާ އަޑެއް ނީވެއެވެ. އެކަލޭގެފާނު އެކަމާ ކަންބޮޑުވެ ވަޑައިގެންނެވިއެވެ. އަވަށްޓެރިޔާއަށްވީ ކީއްތޯ ބެލިއެވެ. އަވަށްޓެރިޔާ ޖަލަށް ގެންދިޔައީ ކަމުގެ މައުލޫމާތު އެކަލޭގެފާނަށް ލިބުނެވެ.

ދެން ކަންތައްވީ ކިހިނެއްތޯއެވެ! އެކަލޭގެފާނަށް ކޮންމެ ރެޔަކު އުނދަގޫ ކުރަމުން އުޅުނު މީހަކު ޖަލަށްލުމުން، އޭގެން ލިބޭ ފަސޭހައަށްވުރެ އެކަލޭގެފާނު ވިސްނެވީ އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށް އިސްލާމް ދީން ބާރު އަޅުއްވާފައިވާ ކަމުގެ މައްޗަށެވެ.

އިމާމު އަބޫ ޙަނީފާ ޖަލަށް ވަޑައިގެން، އަވަށްޓެރިޔާ ޖަލުން މިނިވަން ކުރިއެވެ. އަވަށްޓެރިޔާ އެކަމާ ސުވާލު ކުރުމުން ދެންނެވިއެވެ. އަވަށްޓެރިއެއްގެ ގޮތުން އަހަރެންނަށް ކަލޭގެ މައްޗަށްވާ ޒިންމާތަކަކާއި ހައްގުތަކެއް ވެއެވެ. އަދި އެޒިންމާތަކާއި ހައްގުތަކަށް އިހުމާލުވާ މީހުންގެ ތެރެއިންވާކަށް ތިމަންނާ ބޭނުމެއް ނުވެއެވެ. އެކަލޭގެފާނުގެ މިވާހަކަ ކޮޅުން އަވަށްޓެރިޔާއަށް ހެޔޮ ވިސްނުން ލިބި، އަމަލުތަކަށް ތަޢުބާވެ، އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355