twitterviber whatsapp telegramfacebookyoutube instagram
29th March 2024

މާދަމާ ފެށޭ އިންޓަރ އެޓޯލް އެތްލެޓިކްސް މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ވެނިމިފައިވާކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެފި

Jun 6, 2011

މުހައްމަދު ދާއޫދު

ކުޅުދުއްފުށީގައި މާދަމާ ފެށޭ އިންޓަރ އެޓޯލް އެތުލެޓިކްސް މުބާރާތް ފެށެން އެންމެ ދުވަހަކަށް ވެފައިވާއިރު، މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަށް ވެނިމިފައި ވާކަމަށް މުބާރާތުގެ އެންމެ އިސްކޮށް ހަރަކާތް ތެރިވާ އެތުލެޓިކުސް އެޝޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރ ޢަބްދުﷲ އިބުރާހިމް ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ އިބްރާހީމް ވިދާޅުވީ މިއަދުވެސް ޓީމުތަކާ ބައްދަލުކޮށް މުބާރާތް ކުރިއަށް ދާނެގޮތުގެ މައުލޫމާތު ދީފައިވާނެ ކަމަށެވެ. އަދި އެސޯސިއެޝަންގެ ފަރާތުން ވާން ޖެހޭ ހުރިހާ ތައްޔާރީ ތަކެށްވެސް ވެ ނިމިފައި ވާކަމަށް ވިދާޅުވިއެވެ.

ޖޫން މަހުގެ 06 ވަނަ ދުވަހު ފެށުމަށް ކުރިން ހަމަޖެހިފައިވާ މި މުބާރާތް މިހާރު ފަށާގޮތަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ މުބާރާތް ލަސްވީ ނޫން ކަމަށާއި މުބާރާތުގައި ބައިވެރިވި ކުދިންގެ އަދަދު މަދު ވުމުން މުބާރާތުން އެއް ދުވަސް މަދު ކޮށްލީ ކަމަށެވެ.

ކުޅުދުއްފުށީގައި މާދަމާފެށޭ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓުގައި 90 ޕަސެންޓް ޖަޖުންގެ ގޮތުގައި ހަރަކާތް ތެރިވަނީ ކުޅުދުއްފުށީގެ ޖަޖުންނެވެ. އަދި މުބާރާތް ކުޅުދުއްފުށީގައި ބޭއްވުމަށް އެއްވެސް ދައްޗެއް ނެތްކަމަށް އެސޯސިއޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރ ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި މި މުބާރާތުގެ ޓެކްނިކަލް ގޮތުން އެކިއެކި އިންތިޒާމުތައް ހަމަޖައްސައި ދެމުން އަންނަ މުހައްމަދު ހަސަން ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން ވިދާޅުވީ މުބާރާތަށް ތައްޔާރުވުމަށް ވާންޖެހޭ ހުރިހާކަމެއްހެން މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެހެން ރަށްރަށުން އަންނަ ހުރިހާ ޓީމްތަށް ތިބުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށާއި މިފަދަ ބޮޑު މުބާރާތެއް ބޭއްވުމަށް މާ ބޮޑު ދައްޗެއް ކުޅުދުއްފުށީގައި ނެތްކަމަށެވެ. އެހެން ނަމަވެސް މިފަހަރުގެ މުބާރާތުގައި ބައިވެރި ކުދިންގެ އަދަދު މަދުކަން ފާހަގަކުރައްވާ ވިދާޅުވީ އެކަމުގެ ސަބަބުން ވަރަށް ގިނަ އިވެންޓްތަށް ކެންސަލް ވެދާނެ ކަމަށެވެ.

މާދަމާ ކުޅުދުއްފުށީގެ ޒޯން ސްޓޭޑިއަމުގައި ފަށާ މި މުބާރާތަކީ ކުޅުދުއްފުށީގައި މިގޮތަށް ބޭއްވޭ 7 ވަނަ މުބާރާތެވެ. މިއެތުލެޓިކްސް މީޓްގައި 4 ޢުމުރުފުރާގެ ދެޖިންސުން 76 އިވެންޓެއް ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ މުބާރާތް ބާއްވާ ކެޓަގަރީތަކަކީ 11 އަހަރުންދަށް ފިރިހެން އަދި އަންހެން، 13 އަހަރުންދަށް އަންހެން އަދި ފިރިހެން، 15 އަހަރުންދަށް އަންހެން އަދި ފިރިހެން، 17 އަހަރުންދަށް އަންހެން އަދި ފިރިހެން ޢުމުރުފުރާއެވެ. މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 09 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355