twitterviber whatsapp telegramfacebookyoutube instagram
5th May 2024

ދިރާގުން ދުނިޔޭގެ މުވާސަލާތީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ނަބީލާ އިސްމާޢީލް
May 18, 2023

މިއަހަރު ދުނިޔޭގެ މުވާސަލާތީ ދުވަސް ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުލަގަދަ ހަރަކާތްތަކަކާއެކު ފާހަގަކޮށްފިއެވެ.

އެގޮތުން ދިރާގުން ވަނީ "ޑިޖިޓަލް ރާއްޖެ" ގެ ނަމުގައި ހާއްސަ ޓޯކް ޝޯވއެއް ޓެލެވިޝަން މޯލްޑިވްސް އަދި އެސްއެސްޓީ އިން ގެނެސްދީފައެވެ. މި ޓޯކް ޝޯވގައި އަލިއަޅުވާލާފައިވަނީ ދިވެހި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރަށެވެ.

މި ޓޯކް ޝޯވގެ މެހެމާނުންގެ ގޮތުގައި ބައިވެރިވެފައިވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާއިލް ރަޝީދާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ޒުލައިހާ އިބްރާހީމާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ ފައުންޑަރ އައިޝާ އަދްނާނާއި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރ، މުހައްމަދު މުސްއަދެވެ. އަދި ހޯސްޓަކީ ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދެވެ.

މި ޓޯކް ޝޯވގައި ވަނީ ރާއްޖޭގެ މުވާސަލާތީ ސިނާއަތް ފެށުނު ގޮތާއި މި ސިނާއަތް މިއަދާ ހަމައަށް ވެސް ކުރިއަރާފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ. މީގެ އިތުރުން ޝޯވގެ މެހެމާނުން ވަނީ ފާއިތުވި އަހަރުތަކުގައި ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުމާއި މީގެ ސަބަބުން ކާމިޔާބުކަމާއެކު މީހުންގެ ދިރިއުޅުން މުއްސަނދިކުރުމަށް ބޭނުންކުރެވިދާނެ ގޮތްތަކާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ޑިޖިޓަލް ސްޕޭސްއެއް ގާއިމުކުރާނެ ގޮތާއި ބެހޭގޮތުންވެސް މަޝްވަރާކޮށްފައެވެ.

މި އަހަރުގެ މުވާސަލާތީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ އެކުންފުނީގެ ހެޑް އޮފީހާއި ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކަށް ޒިޔާރަތްކުރުމަށް އެކި ކީ ސްޓޭޖްތަކުގެ ސްކޫލް ދަރިވަރުންނަށް ވަނީ ދައުވަތު ދީފައެވެ. އެގޮތުން އެކުދިންނަށް ވަނީ އެކި ދިރާގު ޓީމްގެ މެމްބަރުންނާއެކު ތަފާތު ޕްރެކްޓިކަލް އަދި މަޢުލޫމާތު ސެޝަންތަށް ނަގައިދީ، ސުވާލާއި ޖަވާބު ސެޝަންތައްވެސް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ދިރާގުން ވަނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން 100ޖީބީގެ މުޅިން އައު ޑޭޓާ ޕެކްތަކެއްވެސް ތަޢާރަފްކޮށްފައެވެ. ހުރިހާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކްޓިވޭޓްކޮށްލެވޭނެއެވެ.

ދިރާގުން ވަނީ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން އެކި އަހަރުތަކުގައި ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ކަސްޓަމަރުންނަށް "މާދަމާ" ނަގައި، ޑިޖިޓަލް މުސްތަގުބަލް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރެ އެވެ.

ދިރާގުން ވަނީ އެކުންފުނީގެ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ފަރާތުން ވޭތުވެދިޔަ 34 އަހަރުގައި ލިބިފައިވާ އަދި ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަޤްބަލެއްގައި ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355