twitterviber whatsapp telegramfacebookyoutube instagram
31st May 2026

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
May 20, 2023

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާރސް ކޮންފެރެންސް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފެރެންސް ކުރިއަށްދާނީ 30 މެއި އިން 2 ޖޫން 2023 ގެ ނިޔަލަށެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާނެއެވެ.

އޭގެ ތެރޭގައި ނޫސްވެރިންނާއި ޓްރެވަލް ރައިޓަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުންހިމެނެއެވެ. އެގޮތުން "ވީވް ޔޯ މޯލްޑިވިއަން ސްޓޯރީ" ޝިއާރުގެ ދަށުން ރާއްޖޭގެ ތާރީހާއި ސަގާފީ ތަރިކައާ ބެހޭ މައުލޫމާތު އަދި ވާހަކައާއި ހަބަރު އުފެއްދުމާއި ބެހޭ އެކި މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ. އަދި މީގެ އިތުރުން މި ކޮންފަރެންސްގައި ދިވެހި އުފެއްދުންތައް ދައްކާލާ ސްޓޯލްތައްވެސް ހުންނާނެއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ވެގެންދާނީ އެމްއެމްޕީއާރްސީގެ މިއަހަރުގެ އެންމެ ބޮޑު މާކެޓިން އިވެންޓަށެވެ.

ދިވެހިރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން ދިރާގު އަބަދުވެސް މަސައްކަތް ކުރަނީ މި ދާއިރާ ކުރިއެރުވުމަށް ހިންގާ އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355