twitterviber whatsapp telegramfacebookyoutube instagram
22nd September 2026

މިއަހަރުގެ ބޮޑުއީދުގައިވެސް ކުޅުދުއްފުށީގައި ގިނަ ހަރަކާތްތަކެއް

އަބްދުލް ވާހިދު ޙަސަން
May 25, 2023

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކުޅުދުއްފުށީގައި ބޮޑު އީދު ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މިދިޔަ އަހަރުވެސް ރާއްޖޭގައި އެންމެ ކުލަގަދަކޮށް އީދު ފާހަގަކުރި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށީ ހިމެނޭއިރު ސަގާފީ ހަރަކާތްތަކާއި ތަފާތު ކުޅިވަރުތަކުގެ އިތުރުން ސްޓޭޖް ޝޯ ތައްވެސް ކުރިއަށްގެންދިޔަ އެވެ.

އެގޮތުން ރައްޔިތުންނާއި ސިޓީ ކައުންސިލް ގުޅިގެން ޖުމްލަ 12 ހަރަކާތެއް މިދިޔަ އަހަރު ބޮޑު އީދުގައި ކުރިއަށްގެންދިޔަ އެވެ.

ސިޓީ ކައުންސިލްގައި ބުދަ ދުވަހު ބޭއްވި އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލަރު މުހައްމަދު ދާއޫދު ވިދާޅުވީ، މިއަހަރުވެސް ބޮޑު އީދުގައި ރައްޔިތުންނާއި ސިޓީ ކައުންސިލުގެ ބައިވެރިވުމާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ބޮޑު އީދުގައި 14 ހަރަކާތެއް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި އަލަށް ބާއްވާ ތިން ހަރަކާތެއް އޮންނާނެ ކަމަށެވެ. އަލަށް ބާއްވާ ތިން ހަރަކާތްތަކީ ފެޝަން ޝޯ އަކާއި މަށިކުޅީގައި އޮންނަ ހަރަކާތެއްގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރެކޭވެސް އެއްގޮތަށް މަށިމާލި ޕެރޭޑާއި ދަމު ހިންގުމުގެ އިތުރުން ސަގާފީ ކުޅިވަރުތަކުގެ އިތުރުން އެެހެން ކުޅިވަޅުތައްވެސް ކުރިއަށްދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293