twitterviber whatsapp telegramfacebookyoutube instagram
27th July 2024

އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންނަށް މެޕްސް ކޮލެޖުން ހާއްސަ ޕްރޮގްރާމްތަކެއް

May 25, 2023

މިއަހަރުގެ އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ދަރިވަރުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ އުފާ ގިނަ ބަޔަކު ފާޅުކުރަމުންދާއިރު މިކުދިންނަށް އެހެން އުފާވެރި ހަބަރެއްވެސް އެބައޮތެވެ. ކާމިޔާބުކަމާއެކު އޯލެވެލް އަދި އޭލެވެލް ނިންމާލުމަށްފަހު މަތީ ތައުލީމީ ހަޔާތުގެ ކުރިމަގު ތަރައްގީކުރުމަށް ބޭނުންވާ ގިނަ ދާއިރާތަކުން މެޕްސް ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް އޮތް ކަމަށް މެޕްސް ކޮލެޖުން ބުނެފި އެވެ.

މެޕްސް ކޮލެޖަކީ، މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ހުރި ކޮލެޖަކަށްވާއިރު މެޕްސް ކޮލެޖުން ހިންގާ ބެޗެލާސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ފާސްޓް ޑިގްރީ ގްރާންޓް ސްކީމް"އަށް ފެތޭ ކޯސްތަކެކެވެ.

ކާމިޔާބުކަމާއެކު މެޕްސް ކޮލެޖުގައި ހިންގާ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކުގެތެރޭގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގް، މާކެޓިންގް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޓުއަރިޒަމް މެނޭޖްމަންޓް އަދި ޕްރޮކިއޮމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް ހިމެނެއެވެ. މި ކޯސްތަކާއެކު ބައިނަލް އަގުވާމީ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އެސޯސިއޭޝަން އޮފް ޗާޓަޑް ސާޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ކޯސްތައްވެސް މެޕްސް ކޮލެޖުގައި ހިންގައެވެ.

އޯލެވެލް ކާމިޔާބުކަމާއެކު ނިންމާފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާއިރު، މިކޯސް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ބެޗެލާސް ޑިގްރީގެ ކޮންމެ ދާއިރާއަކުންވެސް ދަރިވަރުންނަށް ކުރިޔަށްދެވޭނެއެވެ.

އޭލެވެލްގެ 2 ފާސް ނުވަތަ އޭލެވެލްގެ ދިވެހި އަދި އިސްލާމް މާއްދާއިން "ސީ" ފާހަށްވުރެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ބެޗެލާސް ޑިގްރީގެ ކޮންމެ ކޯހެއްގައިވެސް ބައިވެރިވެވޭނެއެވެ. މީގެއިތުރުން އޭލެވެލް ފާސް ނެތްފަރާތްތަކަށް ލިބިފައިވާ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއެކު އޯލްޓަނޭޓިވް އެންޓްރީއެއްގެ ދަށުން ބެޗެލާސް ޑިގްރީގައި ކިޔެވުމުގެ ފުރުސަތުވެސް މެޕްސްކޮލެޖުން ލިބޭނެ އެވެ.

މީގެ އިތުރުން ކާމިޔާބުކަމާއެކު އޯލެވެލް ނިންމާލާފައިވާ ދަރިވަރުންނަށް އޯލެވެލްގެ 3 ފާސް އާއެކު އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވެވޭނެއެވެ.

މެޕްސް ކޮލެޖުން ހިންގާ މިކޯސްތަކުގެތެރެއިން އެޑްވާންސްޑް ސެޓްފިކެޓް އަދި ބެޗެލާސް ޑިގްރީގެ ކޯސްތަކަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅެމުންވެސް އޮންލައިންކޮށް ކިޔެވޭނެ ކޯސްތަކެކެވެ.

އޮންލައިންކޮށް މެޕްސް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީވެސް މެޕްސް ކޮލެޖުގައި ފޭސްޓު ފޭސްކޮށްވެސް ހިންގާ ކޯސްތަކެކެވެ. މެޕްސް ކޮލެޖުން ހިންގާ އޮންލައިން ކޯސްތަކަކީ އަތޮޅުތެރޭގައި ދިރިއުޅޭ ދަރިވަރުންގެ އިތުރުން މާލެ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންގެ މެދުގައިވެސް ވަރަށްބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކޯސްތަކެކެވެ.

މެޕްސް ކޮލެޖުގެ މިއަހަރު އޯގަސްޓް 2023 އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އަންނަ ޖުލައި މަހުގެ 23އާ ހަމައަށް މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

މީގެއިތުރުން އެކައުންޓިންގް ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް މިއަހަރުގެ ޖުލައި މަހުގެ 3 އާ ހަމައަށް އެކައުންޓިންގް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

އޯލެވެލް އަދި އޭލެވެލް ނިންމާލުމަށްފަހު މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންގެތެރެއިން ކުރިޔަށްދާން ބޭނުންވާ ދާއިރާއާއި ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށްވެސް އެކުދިން ކުރިޔަށްދާން ބޭނުންވާ ދާއިރާ ހިޔާރުކުރުމުގައި މެޕްސް ކޮލެޖުން އެހީތެރިވެދޭނެއެވެ.

މިހުރިހާ މައުލޫމާތުތަކެއްވެސް މެޕްސް ކޮލެޖުގެ ވެބް ސައިޓް www.maps.edu.mv މެދުވެރިކޮށް ލިބޭނެއެވެ. އަދި ކޮލެޖުގެ ނަމްބަރު 3314621އަށް ގުޅާލުމުންވެސް މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް މެޕްސްއިން ބުނއެވެ.

މެޕްސް ކޮލެޖަކީ، 2019ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް މަތީ ތައުލީމު އުނގަންނައިދިނުމުގެ ހިދުމަތް ދެމުން އަންނަ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. މެޕްސް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ހުއްދައާއެކު އެއޮތޯރިޓީގެ ގަވާއިދުތަކާ އެއްގޮތަށް ހިންގާ ކޯސްތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355