twitterviber whatsapp telegramfacebookyoutube instagram
18th April 2024

ރައްޔިތުން ސަރުކާރެއް ހޮވަނީ، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ހޯދައިދޭން: ރައީސް

ނަބީލާ އިސްމާޢީލް
May 28, 2023

ރައްޔިތުން ސަރުކާރެއް ހޮވަނީ، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ހޯދައިދޭން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ފ އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދަރަނބޫދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެކެވި ވާހަކަފުޅުގެ ތެރޭގަ އެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގައި މީގެކުރިން ސަރުކާރުތަކުން ގެންގުޅެމުން އައިގޮތަކުގެ ތެރޭގައި ސަރުކާރުގެ އިސް މަގާމެއްގައި މީހަކު ހުންނަންޖެހޭނެ އެވެ. ނޫނީވިއްޔާ އެ ދާއިރާގެ މެންބަރަކީ، ސަރުކާރަށް ނިސްބަތްވާ މެންބަރަކަށްވާންޖެހޭ، ފަހުން އައިސް ޕާޓީތައް އުފެދުމުން، އެ ސަރުކާރުގައި އޮންނަ ޕާޓީއަކަށް ތާއީދުކުރާ މެންބަރުން ތިބެންޖެހެއެވެ. މި ގޮތައް ނުވެއްޖެނަމަ އެ ދާއިރާއެއް، ސަރަޙައްދެއް، އެ ރަށެއް އެއީ ބާކީވެފައި އޮންނަ ރަށެކަމަށެވެ.

ދަރަނބޫދޫއަކީ ކުރިން އާބާދީ ކުޑަވުމުގެ ސަބަބުން ހުކުރުވެސް ނުކުރެވި އޮންނަ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ސަބަބަށްޓަކައި ކުރީގެ ސަރުކާރުގެ ސިޔާސަތަކީ، ކުދިކޮށް ހުރި ރަށްރަށް، އެއީ މީހުން ދިރިއުޅުނަސް، މީހުން ދިރިއުޅެން ބޭނުންވާ އަސާސީ ހިދުމަތްތައް ފުއްދައިދޭން ނުޖެހޭ ރަށްރަށުގެ ގޮތުގައި ބަލައިނުގަންނަ ކަމަށެވެ.

ނަމަވެސް އެއީ ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ރައްޔިތުން ސަރުކާރެއް ހޮވަނީ، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ހޯދައިދޭން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

" އަޅުގަނޑުމެންގެ އެ ދުވަހުގެ އަމާޒަކީ، ވައުދަކީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި، އެއީ ދިރިއުޅޭ ރަށެއް، އަދި އެ މީހެއްގެ ފިކުރު ހުރިގޮތް ބެލުމެއްނެތި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން. މި ރަށަކަށް އެކަންޏެއް ނޫން. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހުރިހާ ރަށެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ތަފާތުކުރުމެއްނެތި ކުރިއަށްދާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަހަރެކޭ އެއްގޮތައް ތަފާތުކުރުމެއްނެތި ދަރަނބޫދޫއަށް ދެންވެސް ވާ ވައުދުތައް ކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355