ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ކުރިއަށްދާން ޖެހޭނެ ކަމަށާއި އެކަމަކު އެ މައްސަލަ ކުރިއަށްދާން ޖެހޭނީ އިޖުރާއާތްތަކުގެ ތެރެއިންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ކުޅުދުއްފުއްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުފުޅުގައި ކުޅުދުއްފުށި އޮންލައިންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ، މަޖިލީހަށް މިހާރު ކުރިމަތިވެފައިވަނީ ގާނޫނޫގައި ނެތް ހާލަތެއް ކަމަށެވެ. ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އެއްފަހަރާ ހުށަހަޅައިގެން ކުރިއަށްގެންދާނެ ގޮތެއް ގާނޫނު އަސާސީއަކު ނެތް ކަމަށެވެ.
"[ރައްޔިތުން މަޖިލީހުގެ] ރައީސްގެ އިތުބާރު ނެތް މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނައިބު ރައީސް، ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަން ޖެހޭނީ ރައީސް." ރައީސް ނަޝީދު ވިދާޅުވި އެވެ.
މީހެއްގެ މައްޗަށް ތުހުމަތުވާއިރަށް ނުވަތަ މީހެއް ބަދަލުކުރަން ބޭނުންވާއިރަށް ރާސް އަޅާފަކަށްޔެއް އެކަމެއް ނުވާނެ ކަމަށާއި އެކަން ކުރެވޭނީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ. އަދި އެކަން ހުރިހާ ބޭފުޅުންނަށްވެސް އެނގިލަވަންޖެހޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުރިއަށް އޮތީ ރިޔާސީ އިންތިހާބުކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރިޔާސަތު މިގަޑީގައި ބަދަލުކޮށްގެން ސަރުކާރަށްވެސް އަދި ރައްޔިތުންނަށްވެސް ވާނެ ފައިދާއެއް ވިސްނަން އުނދަގޫ ކަމަށެވެ.
އަޅުގަނޑު ދެކޭ ގޮތުގައި އިސްތިއުފާ ދެވޭކަށެއް މިވަގުތު މިކަމުގައި އެއް ނެތް. އެހެންނަމަވެސް އަދި ރިޔާސަތަށް ދެވޭކަށްވެސް ނެތް. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފަ އޮތަތީވެ. މީގަ ރީތި ގޮތަކަށް ވާނީ ސަރުކާރަށް މިކަން ސާފުވެ ކޮންމެވެސް އެކެއްގެ އެއީ އިވާ، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަންގަވާފަ، ނައިބު ރައީސްގެ އަރިހުގައި އަޅުގަނޑުމެން ދަންނަވަންވީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހަމަޖައްސައިދޭން. އެކަން ނިމުނީމާ ދެން އެބޭފުޅުން ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ނެންގެވީމާ ރަނގަޅުވާނެ. ސަމަރީ އެސްސަކިއުޝަނެއް އިދާރަކުރެއްވިއްޔާ ނުހިނގާނެ.
"އަޅުގަނޑު ދެކޭ ގޮތުގައި [ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުން] އިސްތިއުފާ ދެވޭކަށެއް މިވަގުތު ނެތް. އެހެންނަމަވެސް އަދި ރިޔާސަތަށް ދެވޭކަށްވެސް ނެތް. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފަ އޮތަތީވެ. މީގަ ރީތި ގޮތަކަށް ވާނީ ސަރުކާރަށް މިކަން ސާފުވެ ކޮންމެވެސް އެކެއްގެ އެއީ [ މަޖިލީހުގެ ނައިބު ރައީސް] އިވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަންގަވާފަ، ނައިބު ރައީސްގެ އަރިހުގައި އަޅުގަނޑުމެން ދަންނަވަންވީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހަމަޖައްސައިދޭން. އެކަން ނިމުނީމާ ދެން އެބޭފުޅުން ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ނެންގެވީމާ ރަނގަޅުވާނެ. ސަމަރީ އެސްސަކިއުޝަނެއް އިދާރަކުރެއްވިއްޔާ ނުހިނގާނެ." ކޭއޯއަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވި އެވެ.
އަހުލާގީ ގޮތުން ބެލިކަމުގައިވިޔަސް އަދި ޑިމޮކްރެކްޓިކް އުސޫލުން ބެލިކަމުގައިވިޔަސް މީހެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ހުށަހެޅިއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ އެކަން ނިމެންދެން އެކަމުން އެއްކިބާވެ އެކަހެރިވެ ހުރުން ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.
"މީގަ ދެން ބައެއް ބޭފުޅުން އައްސަފާނެ ކީއްވެހޭ [މަޖިލީހުގެ ރައީސްގެ މަގާމުން] އިސްތިއުފާ ނުދީ އަޅުގަނޑު މިހުރީ. އެއީ އަޅުގަނޑަށް ހަމަ ފެންނަނީ މިވޯޓު އަޅުގަނޑަށް ކާމިޔާބުކުރެވޭނެ ކަމަށް. އަދި 55 މެމްބަރުން ސޮއިކޮށްފައި އޮތްނަމަވެސް.ރައީސް ނަޝީދު
އެމަނިކުފާނު ވިދާޅުވީ އިތުބާރު ނެތް މައްސަލާގައި 55 މެމްބަރުން ސޮއިކޮށްފަވީނަމަވެސް އެ މައްސަލަ ކާމިޔާބުކުރެވޭނެ ކަމަށެވެ. ނަޝީދު ވިދާޅުވީ، މަޖީލީހުގެ ރައީސްގެ މަގާމުން އެމަނިކުފާނު ދުރުކުރަން ބޭނުންވެގެން އުޅެނީ އެމްޑީޕީގެ ވަރަށް މަދު މެމްބަރުން ކޮޅެއް ކަމަށާއި އިތުބާރު ނެތް މައްސަލަ ހުށަހަޅަން ސޮއިކުރެއްވީ ބައެއް މެމްބަރުންނަށް މަޖުބޫރުވެގެން ކަމަށް މެމްބަރުން ވިދާޅުވެފައިވާ ކަމަށެވެ.
އަދި މަގާމުން އިސްތިއުފާ ނުދީ ހުރުމަށް އެމްޑީޕީ ޕާލެމެންޓްރީގެ ވަރަށް ގިނަ މެމްބަރުން އެދިވަޑައިގަންވާކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.