twitterviber whatsapp telegramfacebookyoutube instagram
8th April 2026

މޯލްޑިވްސް ފުޑް ކާނިވަލްގެ ދިރާގު ސްޓޯލަށް ޒިޔާރާތްކޮށްގެން އެއާޕޮޑްސް ޕްރޯއެއް

ނަބީލާ އިސްމާޢީލް
Jun 24, 2023

މޯލްޑިވްސް ފުޑް ކާރނިވަލްގެ ދިރާގު ސްޓޯލަށް ޒިޔާރާތްކުރާ ނަސީބުވެރި 5 ފަރާތަކަށް އެއާޕޮޑްސް ޕްރޯއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

ދިރާގު ސްޓޯލުން ހިދުމަތެއް ސަބްސްކްރައިބް ކުރާ ނުވަތަ ޕްރޮޑަކްޓެއް ގަންނަ ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ރެއަކުވެސް އެއާޕޮޑްސް ޕްރޯއެއް ކާމިޔާބު ކުރުމުގެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

ދިރާގު ސްޓޯލްގެ '5ޖީ އެކްސްޕީރިއެންސް ޒޯން' އިން ދިވެހިރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވަރކް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން ހަމައެކަނި މޯލްޑިވްސް ފުޑް ކާނިވަލްގެ ދިރާގު ސްޓޯލްއިން ލިބެން ހުންނަ އެކްސްކްލޫސިވް ލިމިޓެޑް ޓައިމް އޮފާރތަކެއް ހޯދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް ފުޑް ކާނިވަލް، 'ޕަވަރޑް ބައި ދިރާގު' ކުރިއަށް ދާނީ 24 ޖޫން ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށްކަން ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355