twitterviber whatsapp telegramfacebookyoutube instagram
31st May 2026

ތޮއްޑޫ އީދު މާމަޖާ 1444' ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު

ނަބީލާ އިސްމާޢީލް
Jun 26, 2023

މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އއ ތޮއްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ތޮއްޑޫ އީދު މާމަޖާ 1444' ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ސޮއިކޮށްފިއެވެ.

ތޮއްޑޫ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އީދު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ން 29 ޖޫންގެ ނިޔަލަށެވެ. މި އީދު ކުޅިވަރުގައި އީދު ހެނދުނު ސައި، މަސް ރޭސް، ބޮޑު މަސް، މާލި، ފެންކުޅި އަދި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހަވާއެރުވުމާއެކު އެކި ނަން މަޝްހޫރު ދިވެހި ފަންނާނުންނާއެކު އީދު ޝޯއެއްވެސް ވަނީ އިންތިޒާމުކުރެވިފައެވެ.

މުޖުތަމައުގެ އެކި ފަރާތްތައް ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެކުންފުނިން ދަނީ މިފަދަ ތަފާތު ސަގާފީ އަދި އިޖްތިމާއީ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް އެއްބާރުލުންދެމުންނެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޒުވާނުން ބައިވެރިކުރުވާފަދަ މިކަހަލަ ތަފާތު ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355