twitterviber whatsapp telegramfacebookyoutube instagram
11th November 2026

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jul 11, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށްގެންދާ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޖަމިއްޔާތަކަށް އެ ބޭންކުން ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ މިއަހަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތެއްކަމަށެވެ. ޕްރޮޕޯޒަލް ހުށަހެޅޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލްއިން ބުނީ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށަށް ނިސްބަތްވާ އަދި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށްކަމަށާއެވެ. ފަންޑު ހޯދުމަށް ހުށަހެޅޭނީ ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓްތައްކަމަަށެްވެސް ބީއެމްއެލްއިން ބުނެއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޖަމިއްޔާތަކަށް، ޕްރޮޖެކްޓުތައް ހިންގުމަށް 50،000ރ. އާ ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހޭނީ [email protected] އީމެއިލް އެޑްރެހަށެވެ.

ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް މެދުވެރިކޮށް ޖަމިއްޔާޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުވެރިކުރުމުގެ ޕްރޮގްރާމެކެވެ. އެ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ޕްރޮޖެކްޓެއް ހިންގުމަށް މިހާތަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293